ads
ފޮޓޯ: ރައީސް އޮފީސް
ގްރީން ޓެކްސްއިން ލިބޭ އާމްދަނީ ސީދާ ރަށު ތަރައްގީއަށް
ގްރީން ޓެކްސްއިން ދައުލަތަށް ލިބޭ އާމްދަނީގެ ބައެއް ރާއްޖޭގެ ރަށު ކައުންސިލް ތަކަށް ދިނުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ނިންމަވައިފި އެވެ.

އިއްޔެ އއ. އުކުޅަހުގައި ބޭއްވުނު "ވިއަވަތި ރާއްޖޭ" ލާމަރުކަޒީ ނިޒާމު ކޮންފަރެންސްގެ ފުރަތަމަ ސެޝަންގައި ބައިވެރި ކައުންސިލް ތަކުން ވަނީ ކައުންސިލްތަކަށް އާމްދަނީ ހޯދުމަށް ހުރި ހުރަސްތަކާއި ބެހޭ ގޮތުން ފުޅާ ދާއިރާއެއްގައި ވާހަކަ ދައްކާފަ އެވެ. އަދި ކައުންސިލް ތަކުން ވަނީ ހުރި ގޮންޖެހުންތައް ފާހަގަކޮށް ސަރުކާރަށް ކަރުދާހެއް ހުށަހަޅާފަ އެވެ. 

މި ކަމާއި ގުޅިގެން މި ކޮންފަރެންސްގައި އެންވާރަމަންޓު މިނިސްޓަރު އައިޝަތް ޝައުނާ ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، ގްރީން ޓެކްސްގެ ގޮތުގައި ދައުލަތަށް ލިބޭ އާމްދަނީ ރަށްރަށް ލިބޭގޮތަށް އަންނަ އަހަރުގެ ބަޖެޓުގައި ކަނޑައަޅުއްވައި ދެއްވާނެކަމަށެވެ. 

"ގްރީން ޓެކްސްގެ އާމްދަނީ ބޭނުންކޮށްގެން ކޮންމެ ރަށެއްގައި ކުނި މެނޭޖުކުރަން ފައިސާ ދިނުމަށް ވަނީ ހަމަޖެހިފަ. އެ ރަށްރަށުގައި ވޭސްޓް ޓްރާންސްފާ ކުރުމަށް ނުވަތަ އެރަށެއްގެ ކުނި ރައްކާތެރިގޮތުގައި ނައްތާލާނެ ސަރަހައްދަށް ގެންދިއުމަށްވެސް ގްރީން ޓެކުހުން ފައިސާގެ އެހީ ދިނުމަށް ވަނީ ހަމަޖެހިފަ." މިނިސްޓަރު ވިދާޅުވި އެވެ.

ދެހާސް ސޯޅަ ވަނަ އަހަރުން ފެށިގެން ރާއްޖެއަށް ފަތުރުވެރިންގެ އަތުން ގްރީން ޓެކްސް ދައުލަތުން އަންނަނީ ނަގަމުންނެވެ. އެގޮތުން ރިސޯޓު، ސަފާރީ އަދި ހޮޓާތަކުގައި ޗުއްޓީ ހޭދަކުރާ ކޮންމެ ފަތުރުވެރިއެއްގެ އަތުން ދުވާލަކު ގްރީން ޓެކްސްގެ ގޮތުގައި ހަ ޑޮލަރު ނަގަ އެވެ. 

އަދި ގެސްޓު ހައުސްތަކުގައި ތިބޭ ފަތުރުވެރިންގެ އަތުން ދުވާލަކަ ތިން ޑޮލަރު ގްރީން ޓެކްސްގެ ގޮތުގައި ދައުލަތައް ނަގަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް