ads
ހީނާ ހާން
ހިންދީ ފިލްމު އިންޑަސްޓްރީއަށް ހީނާގެ ބޮޑެތި ފާޑުކިއުންތަކެއް
ހިންދީ ފިލްމު އިންޑަސްޓްރީއަށް ހީނާ ހާން ވަރަށް ބޮޑަށް ފާޑު ކިޔައިފިއެވެ.

ހީނާ ބުނެފައިވަނީ އިންޑާގެ ފިލްމު އިންޑަސްޓްރީ ބަދަލުވާން އަދި 50 އަހަރަށްވުރެެ ވެސް ގިނަ ދުވަސް ނަގާފާނެކަމަށެވެ. 

އޭނާ ބުނީ އިންޑިއާ ފިލްމު އިންޑަސްޓްރީގެ ކޮންޓެންޓު ޒަމާނީ ފެންވަރަށް ބަދަލުކުރުމަށް ގެންނަޖެހޭ ބަދަލުތަކާ ގިނަ މީހުން ދެކޮޅު ހަދާކަމަށެވެ. 

"ކޭންސް 2022" ރެޑް ކާޕެޓް ފެޝަންސޯ ނިންމުމަށްފު އިންޑިިއާގެ ފިލްމު އިންޑަސްޓްރީއަށް ފާޑުކީ ނަމަވެސް އޭނާ ވަނީ އެނާ ދެން ކުޅެން އޮތް ފިލްމުގެ ޕްރޮމޯޝަން ހިންގާފައެވެ. "ކަންޓްރީ އޮފް ބްލައިންޑް" އަކީ ހީނާ ދެން ކުޅެން އޮތް ފިލްމެވެ. މިއީ ފްރާންސްގެ ފިލްމެއް އޭނާ ކުޅޭ ދެ ވަނަ ފަހަރެވެ. 

ހޮލީވުޑުން ޖާގަ ލިބެމުން އަންނަ ހީނާ ބުނީ އިންދިއާގައި ފިލްމު އުފައްދާ މީހުން އެހެންމީހުންނާމެދު ދޭކޭ ގޮތް ވެސް ވަރަށް ދަށްކަމަށެވެ.

"އިންޑަސްޓްރިއަށް ބަދަލަށް އަންނާނެކަމަށް ބެލެވެނީ 50 ވަރަކަށް އަހަރުން. އެއަށްވުރެ ގިނަ ދުވަސް ވެސް ވެދަނެ،" -ހީނާ ހާން-

ހީނާ ބުނާގޮތުން ބޮލީ ވުޑް ފިލްމު އިންޑަސްޓްރީގައި ބޮޑަށް އޮތީ ހުނަރު ހުރި މީހުންނަށް ފުރުސަތު ދިނުމަށްވުރެ ބޮޑަށް، ރަހުމަތްތެރިންނާ ގާތް މީހުންނަށް ފުރުސަތު ދިނުމުގެ އާދައެއް ކަމަށެވެ. 

ހީނާ އެންމެ ފަހުން މަސައްކަތްކުރި ޓީވީ ޝޯއަކީ ކަސޯޓީ ޒިންދަގީ ކޭގެ ދެވަނަ ބައެވެ. ކޮމޮލިކާގެ ރޯލުގައި މަަސައްކަތްކޮށް ވެސް ގިނަ ބައެއްގެ ލޯތްބާއި ތަރުހީބު ހޯދި އެވެ. އެކަމަކު ބޮލީވުޑުގައި މަސައްކަތް ކުރަން އެ ޝޯ، އޭނާ ދޫކޮށްލިއިރު އޭނާގެ ފުރަތަމަ ފިލްމު، އަކީ "ހެކްޑް" އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް