މި އިވެންޓަކީ ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުލުހުން ފާހަގަކުރުމަށް ބާއްވާ "ނޭވާ 2" ގެ ނަމުގައި ބާއްވާ އިވެންޓެކެވެ.
ފުރުސަތު ހުޅުވާލާފައިވަނީ މިއަދުން ފެށިގެން އަންނަ ޖޫން މަހުގެ ނިޔަލަށެވެ. މި ލިންކުން ބައިވެރިވުމަށް އެދޭ ގޫގުލް ފޯމަށް ވަދެވޭނެއެވެ.
ފްރީޑައިވާޒް އިން ބުނީ އާމުންގެ ތެރެއިން އިވެންޓުގައި ބައިވާ މީހުން ގެ ޝަރުތުތަކުގެ ތެރޭގައި އެމީހަކީ ނޭވާލާ ނިޒާމުގެ މައްސަލައެއް ހުރި މީހެއްކަމަށް ވެގެން ނުވާނެއެވެ.
މި އިވެންޓުގައި މިހާރު ކުރިއަށް ދަނީ ރިސޯޓުތަކުގެ މުވައްޒަފުން ތަމްރީނު ކުރުމުގެ މަސައްކަތެވެ.
މީގެ ކުރިން ވެސް ފްރީ ޑައިވް މޯލްޑިވްސްއިން ބޭއްވި އިވެންޓެއް ގިނީސް ބުކް އޮފް ވޯލްޑް ރެކޯޑްގައި ލިސްޓްކޮށްފައިވެ އެވެ. "ނޭވާ" ގެ ނަމުގައި 2019 ގައި ބޭއްވި އިވެންޓަކީ އެއްފަހަރާ އެންމެ ގިނަ ބަޔަކު ޑައިވްކުރި އިވެންޓެވެ. އެ ފަހަރުގެ އިވެންޓްގައި ޖުމްލަ 521 މީހުން ބައިވެރިވެފައިވެ އެވެ. އެއީ ދުނިޔޭގައި މިހާތަނަށް އެންމެ ގިނަ ބަޔަކު އެއްފަހަރާ އެއްވަގުތެއްގައި ޑައިވްކުރި އިވެންޓެވެ.