ads
ރައީސް ޔާމީން
ޔާމީންގެ މިއަދުގެ އަޑުއެހުން ކެންސަލް: ކްރިމިނަލް ކޯޓު
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރާ ރިޝްވަތާއި މަނީ ލޯންޑަރިންގެ ދައުވާގެ މިއަދުގެ އަޑުއެހުން ކެންސަލްކޮށްފި އެވެ.

ކްރިމިނަލް ކޯޓުގެ މީޑިޔާ އޮފިޝަލް ވިދާޅުވީ މި އަޑުއެހުން ކެންސަލް ކުރީ މި މައްސަލަ ބައްލަވާ ގާޒީ އާލާސްކަންފުޅާއި އުޅުއްވާތީ ކަމަށެވެ. 

މިއަދަށް ތާވަލްކުރި މިމައްސަލައިގެ އަޑުއެހުން ބޭއްވުމަށް ހަމަޖައްސާފައިވަނީ މިއަދު މެންދުރު 13:00 އަށެވެ.

ޔާމީންގެ މައްޗަށް ކުރާ ދައުވާތައް ބައްލަވަނީ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހްމަދު ޝަކީލެވެ.

ޔާމީން އާ ދެކޮޅަށް ދައުލަތުން ކުރާ މި ދައުވާތަކަކީ ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ އެއްބަސްވުމާޢި، ވ. އާރަށް ކުއްޔަށް ދިނުމުގެ އެއްބަސްވުމާއި ގުޅުގެން ރިޝްވަތު ގަބޫލުކުރުމާއި، މަނީލޯންޑާ ކުރި މައްސަލަ އެވެ.  

މި މައްސަލައިގެ މީގެ ކުރީގެ އަޑުއެހުންތައް ލައިވް ކޮށްފައިނުވާއިރު މިއަދުގެ އަޑުއެހުން ލައިވްކޮށްދިނުމަށް ޔާމީންގެ ފަރާތްޕުޅުން ކޯޓުގައިވަނީ އެދިލައްވާފަ އެވެ. 

ކޯޓުގެ މީޑިޔާ އޮފިޝަލް ވިދާޅުވީ "މި މައްސަލައިގެ އަޑުއެހުމެއް ބާއްވާނެ ތާރީހެއް ފަހުން އަންގާނެ" ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް