ads
ކެއާ ސޮސައިޓީގެ ދަރިވަރުންތަކެއް
ކެއަރ ސޮސައިޓީ އިން ނުކުޅެދުންތެރިކަން ހުންނަ އަންހެނުން ބާރުވެރި ކުރަންފަށަނީ
ކެއަރ ސޮސއިޓީ އިން ނުކުޅެދުންތެރިކަން ހުންނަ އަންހެނުން ބާރުވެރި ކުރަން ޓްރިއެނިން އޮފް ޓްރެއިނާސް ޕްރޮގްރާމެއް ފަށަން ތައްޔާރުވެއްޖެއެވެ.
Advertisement

"ޕަވަ ޓު ޕާރސުއޭޑް" މި ޖަމިއްޔާއިން ފެބްރުއަރީ 2023އާއި ހަމަޔަށް ހިންގަން ހަމަޖެހިފައިވާ މިޕްރޮޖެކްޓަކީ  ނުކުޅެދުންތެރިކަންހުންނަ އަންހެނުން މުޖްތަމައުގައި  ބާރުވެރިކުރުމާއި އަދި ބައިވެރި ކުރެވޭނެ ގޮތްތަށް ދެނެގަނެ އެފަރާތްތަކުގެ ހިއްސާ މުޖްތަމައުއަށް ދެވޭނެފަދަ މާހައުލެއް ގާއިމްކުރުމަށްޓަކައި ހިންގޭ ޕްރޮގްރާމެއްކަމަށް ކެއަރ ސޮސައިޓީ އިން ބުނެފައިވެއެވެ.

މިޕްރޮގްރާމް ރާއްޖޭގެ ހަތަރު ސަރަހައްދެއްގައި ހިންގުމަށް ހަމަޖެހިފައިވެއެވެ. އެއީ:-

*މާލެ ސިޓީ، އައްޑޫ ސިޓީ، ލ އަތޮޅު، އަދި ހދ އަތޮޅުގައެވެ.

މި ހަތަރު އަތޮޅުގައި ކުރިޔަށް ގެންދަން ހަމަޖެހިފައިވާ މި ޕްރޮޖެކްޓްގެ ދަށުން ނުކުޅެދުންތެރިކަން ހުންނަ 100 އަންހެނުން ތަމްރީން ކުރެވި އެފަރާތްތަކުގެ ހިއްސާ އާއި އަޑު މުޖްތަމައުއަށް ވާސިލް ކޮށްދީ ބާރުވެރި ފަރާތްތަކެއް ބިނާކުރުމަށް މަސައްކަތް ކުރެވިގެންދާނެކަމަށެވެ. މިޕްރޮގްރާމްގެ ހަރަކާތްތައް އެކި ސަރަހައްދުތަކުގައި ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާ ގޮތަށްބަލާއިރު:-

*މާލެ ސިޓީ "ޓްރޭނިންގް އޮފް ޓްރެއިނަރސް" ހަރަކާތް ފެށުމަން ހަމަޖެހިފައި ވަނީ 4 ޖޫން 2022 އިން 7 ޖޫން 2022 އަށް

*މާލެ ސިޓީ "ޕަވާ ޓު ޕާސުއޭޑް ވާރކްޝޮޕް" ގެ ހަރަކާތް ފެށުމަށް ހަމަޖެހިފައިވަނީ 24 ޖޫން 2022 އިން 26 ޖޫން 2022 އަށް

*ހދ. އަތޮޅު "ޕަވާ ޓު ޕާސުއޭޑް ވާރކްޝޮޕް"ގެ ހަރަކާތް ފެށުމަށް ހަމަޖެހިފައިވަނީ 12 އޯގަސްޓް2022 އިން 14 އޯގަސްޓް 2022 އަށް

*އައްޑޫ ސިޓީ "ޕަވާ ޓު ޕާސުއޭޑް ވާރކްޝޮޕް"ގެ ހަރަކާތް ފެށުމަށް ހަމަޖެހިފައިވަނީ 9 ސެޕްޓެމްބަރ2022 އިން 11 ސެޕްޓެމްބަރ 2022 އަށް

*ލ.އަތޮޅު "ޕަވާ ޓު ޕާސުއޭޑް ވާރކްޝޮޕް"ގެ ހަރަކާތް ފެށުމަށް ހަމަޖެހިފައިވަނީ 21 އޮކްޓޯބަރ 2022 އިން 23 އޮކްޓޯބަރ 2022 އަށް

މިޕްރޮގްރާމް ކަށަވަރުކުރަން ބޭނުންފުޅުވާނަމަ 01 ޖޫން 2022 ގެ 17:00 ގެ ކުރިން މި ޕްރޮގްރާމްގައި ބައިވެރިވެލައްވަން ބޭނުންފުޅުވާ ބޭފުޅުން އެ ފަރާތުގެ ފޯކަލް ޕޮއިންޓްގެ މައުލޫމާތު ( އައިޑީ ނަމްބަރ، މަގާމް ، ގުޅޭނެ ނަމްބަރ ) ދެއްވުމަށް ކެއަރސޮސައިޓީ އިން އެދެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް