ads
ށ.ފޭދޫ
އަނބިމީހާ ބަނޑަށް ވަޅި ހެރި މީހާ އެއީ ރުޅި ކޮންޓްރޯލްނުވާ މީހެއް: ފޭދޫ ކައުންސިލް
ށ. ފޭދޫގައި އަނބިމީހާ ބަނޑަށް ވަޅި ހެރި މައްސަލައިގައި ހައްޔަރު ކުރި މީހާ އަކީ "ރުޅި ކޮންޓްރޯލް ނުވާ" މީހެއްކަމަށާއި، މިވަގުތު އެމީހާ ފުލުހުންގެ ބެލުމުގެ ދަށުގައި ހައްޔަރުކޮށްފައިވާ ކަމަށް ށ.ފޭދޫ ކައުންސިލުން ބުނެފި އެވެ.
Advertisement

"ސީއެންއެމް" އަށް މައުލޫމާތުދެއްވަމުން ށ.ފޭދޫ ކައުންސިލްގެ ރައީސް އަހުމަދު ރައިސަމް މިއަދު ވިދާޅުވީ އެ މައްސަލައިގައި އިއްޔެ ހައްޔަރު ކުރި މީހާގެ ބަންދާ މެދު ގޮތެއް ނިންމުމަށް މިއަދު ށ. ފީވަކު ކޯޓަށް އޭނާ ހާޒިރު ކުރުމުން އޭނާގެ ބަންދަށް 15 ދުވަސް ޖަހާފައިވާ ކަމަށެވެ.

ހައްޔަރުކޮށްފައިވަނީ ށ.ފޭދޫ ރެޑިއަމްގެ އާދަމް ކިޔާ މީހެކެވެ. އެނގިފައިވާ ގޮތުގައި ވަޅިޖެހި އާދަމް އަކީ 37 އަހަރުގެ މީހެކެވެ. އަދި އޭނާގެ އަނބިމީހާ އަކީ 30 އަހަރުގެ މީހެކެވެ.

ރައިސަމް ވިދާޅުވީ ހައްޔަރުކޮށްފައިވާ މި ފިރިހެންމީހާ އަކީ ރުޅިގަދަ މީހެއް ކަމަށާއި، ރުޅި ކޮންޓްރޯލް ނުކުރެވިގެން ގޮސް މިފަދަ އަމަލުތައް ހިންގަން މީގެ ކުރިން ވެސް މަސައްކަތް ކޮށްފައިވާ ކަމަށެވެ. 

"މީގެ ކުރިން ވެސް މިފަދަ އެކިއެކި ކަންކަމުގައި އެ މީހާ ގެނެސްގެން ނަސޭހަތްތެރިވެފައިވާނެ. ކުށެއްކުރެވުނީމަ އެކަމަށް އަދަބެއް ދިނުމުގެ ބަދަލުގައި ހަމަ ނަސޭހަތުން ރަގަޅު ނަތީޖާއެއް ފެނޭތޯ އެކި ފަހަރުގެ މަތިން އަމިއްލަ ހައިސިއްޔަތުން ވެސް ވާހަކަ ދައްކާފައިވާނެ،" ރައިސަމް ވިދާޅުވި އެވެ.

މި ހާދިސާ ހިނގާފައިވަނީ ހުކުރު ދުވަހުގެ ހެނދުނު އެވެ. މައުލޫމާތ ލިބިފައިވާ ގޮތުގައި މި ހާދިސާ ހިނގައިގެން އެތަނަށް މީހުން އެއްވި އިރުވެސް ފިރިމީހާ ހުރީ ވަޅި ހިފައިގެންނެވެ. 

"ކައުންސިލްގެ ބޭފުޅުން އެތަނަށް ދިޔައިރުވެސް އެ ފިރިހެން މީހާއަތުގައި ވަޅި އޮތް. އަންހެންމީހާ ހުރީ ބަނޑުގައި އަތް އަޅައިގެން." މަންޒަރު ދުށް މީހެއްގެ ހައިސިއްޔަތުން ކައުންސިލްގެ ރައީސް ރައިސަމް ވިދާޅުވި އެވެ.

މި ހާދިސާގައި އަންހެންމީހާއަށް މާބޮޑު ސީރިއަސް އަނިޔާތަކެއް ލިބިފައެއް ނުވެ އެވެ. ނަމަވެސް މި ފިރިހެންމީހާގެ ފަރާތުން މީގެ ކުރިންވެސް މިފަދަ އަނިޔާއެއް އަންހެން މީހާއަށް ކޮށްފައިވާކަމަށް އެރަށު ކައުންސިލުން ފާހަގަ ކުރި އެވެ. 

40%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
60%
ވަރަށް ސަލާމް
ކޮމެންޓްސް