ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަން (ޑީޕީއީ) އިން ބުނީ، ދިވެހި ޕޭޕަރު 1 އަލުން ޕްރިންޓު ކުރަން ނިންމާފައިވާ ޕްރިންޓު ކުރުމުގައި ދިމާވި މައްސަލައަކުން ކަމަށެވެ.
އަލުން ޕްރިންޓުކުރާ ސަބަބު ޑީޕީއީ އިން ހާމަ ނުކުރިނަމަވެސް، ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުން މި ޕޭޕަރު އަލުން ޕްރިންޓުކުރަން ނިންމާފައިވަނީ، އިސްލާމް ޕޭޕަރު ދިން އިރު އޭގެ ތެރެގައި ދިވެހި ޕޭޕަރުގެ ބައެއް އޮތުމުންނެވެ.
ބައެއް ދަރިވަރުންނާ ހަވާލާދީ އެ ކުދިންގެ ބެލެނިވެރިން ވެސް މިވާހަކަވަނީ ދައްކާފައެވެ.
މިކަން މިހެން ދިމާވި ސަބަބާ ގުޅޭ ތަފްސީލެއް ޑީޕީއޭ އިން އަދި ހާމައެއް ނުކުރެއެވެ.