ads
ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހްލާ
މިއަހަރު މުޅިން އަލަށް ހަތަރު އެއާޕޯޓެއް ހުޅުވާނެ ކަމުގެ ޔަގީންކަން ދީފި
މިއަހަރުގެ ތެރޭގައި މުޅިން އަލަށް ހަތަރު އެއާޕޯޓެއް ހުޅުވާ ހިދުމަތް ދޭނެ ކަމުގެ ޔަގީންކަން ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހްލާ ދެއްވައިފި އެވެ.
މިއަހަރުގެ ތެރޭގައި މުޅިން އަލަށް ހަތަރު އެއާޕޯޓެއް ހުޅުވާ ހިދުމަތް ދޭނެ ކަމުގެ ޔަގީންކަން ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހްލާ ދެއްވައިފި އެވެ.

މިނިސްޓަރު ނަހްލާގެ ފިރިކަލުން ގާސިމް އިބްރާހީމްގެ ޓީވީ ޗެނަލްގެ ފަސްމަންޒަރު ޕްރޮގްރާމުގައި ބައިވެރިވެވަޑައިގެން މިނިސްޓަރު ނަހްލާ ވަނީ މިއަހަރު ހުޅުވުމަށް ހަމަޖެހިފައިވާ ހަތަރު އެއާޕޯޓާއި އެ ތަންތަން ހުޅުވާނެ ތާރީހުތަކެއް އިއުލާންކުރައްވާފަ އެވެ.

އެގޮތުން މިނިސްޓަރު ނަހްލާ ވިދާޅުވީ މިއަހަރު އެންމެ ފުރަތަމަ ހުޅުވާ ހިދުމަތް ދޭން ފަށާނީ ށ. ފުނަދޫ އެއާޕޯޓް ކަމަށެވެ. މިމަހުގެ ތެރޭގައި އެތަން ހުޅުވާނެ ކަމަށާއި އަދި ގދ. މާވަރުލު އެއާޕޯޓް މިއަހަރުގެ މާޗް މަހުގެ ތެރޭގައި ހުޅުވާނެ ކަމަށްވެސް ވިދާޅުވި އެވެ. އޭގެ ފަހުން މިއަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި ޅ. މަޑިވަރު އެއާޕޯޓް ނިންމާ ހިދުމަތް ދޭން ފަށާނެ ކަމަށްވެސް ވިދާޅުވި އެވެ. މިނިސްޓަރު ނިސްބަތްވާ ހއ. ހޯރަފުށި އެއާޕޯޓް ހުޅުވާ ހިދުމަތް ދޭނީ މިއަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި ކަމަށްވެސް ވިދާޅުވި އެެވެ.

ގދ. ފަރެސްމާތޮޑާގައި ވެސް އެއާޕޯޓެއް ހެދުމުގެ މަސައްކަތް ކުރިއަށްދާތީ އެ އެއާޕޯޓާ ގުޅޭގޮތުން މިނިސްޓަރު ނަހްލާ ވިދާޅުވީ ފަރެސްމާތޮޑާ އެއާޕޯޓްގެ މަސައްކަތްތަކަށް ބަދަލުތަކެއް އައިސްފައިވީ ނަމަވެސް މިިނިސްޓްރީން ކަނޑައަޅާފައިވާ ތާރީހުގައި އެ އެއާޕޯޓް ވެސް ހުޅުވިގެންދާނެ ކަމަށެވެ. އެކަމަކު ފަރެެސްމާތޮޑާ އެއާޕޯޓް ހުޅުވާނެ ވަކި ތާރީހެއް ވިދާޅުވެފައެއް ނުވެ އެވެ.

ހދ. ކުޅުދުއްފުށީގައި ހަދާފައިވާ އެއާޕޯޓާ ގުޅޭގޮތުން މިނިސްޓަރު ވިދާޅުވީ އެ އެއާޕޯޓް ހުޅުވާ ހިދުމަތް ދެމުން ދިޔަ ނަމަވެސް މިސަރުކާރުން ގަބޫލުކުރާ ފެންވަރުގައި އަދި އެތަނުން ހިދުަތް ނުދެވޭ ކަމަށެވެ. އެހެންކަމުން މިއަހަރުގެ ތެރޭގައި ކުޅުދުއްފުށި އެއާޕޯޓްގެ ހިދުމަތްތައް ރަނގަޅުކުރުމަށްޓަކައި މަސައްކަތްތަކެއް ކުރެވިގެންދާނެ ކަމަށްވެސް ވިދާޅުވި އެވެ. އަދި ހދ. ހަނިމާދޫ އެއާޕޯޓް ތަރައްގީކުރުމުގެ ގޮތުން ވެސް ސަރުކާރުން މަސައްކަތްތަކެއް ކުރަން ނިންމާފައިވާ ކަމަށްވެސް ވިދާޅުވި އެެވެ.

މިނިސްޓަރު ނަހްލާ ވިދާޅުވީ އެއާޕޯޓްތަކަކީ ވަކި ކަހަލަ ތަމްރީން ތަކެއް ލިބިފައިވާ ބަޔަކު މަސައްކަތް ކުރަންޖެހޭ ތަންތަނަށް ވާތީ ވަޒީފާތަކަށް ބޭނުންވާ ފެންވަރުގެ މީހުން ހޯދުމަށް ދަތިވެ ބައެއް އެއާޕޯޓްތައް ކަނޑައަޅާ ތާރީހާ ހުޅުވަން ދަތިވެފައި ހުންނަ ކަމަށެވެ. އަދި ބައެއް ފަހަރު އެއާޕޯޓް ހެދުމަށް ހަވާލުކުރާ ކޮންޓްރެކްޓަރަށް ދިމާވާ ބައެއް ކަހަލަ މައްސަލަތަކާ ގުޅިގެން ވެސް ބައެއް އެއާޕޯޓްތައް ހުޅުވުން ލަސްވެފައިވާ ކަމަށްވެސް މިނިސްޓަރު އައިޝަތު ނަހްލާ ވަނީ ވިދާޅުވެފަ އެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް