ads
މާފަރުން އަތުލައިގެން ބަނގުރާފުޅިތައް----
މާފަރު އެއާޕޯޓަށް ފުރަންދާ ފަތުރުވެރިން އަތުން ގިނަ އަދަދެއްގެ ބަނގުރާ!
ނ. މާފަރު އިންޓަނޭޝަނަލް އެއާޕޯޓަށް ފުރަންދާ ފަތުރުވެރިން އަތުން އެކި ފަހަރުމަތިން އަތުލައިގެންފައިވާ ގިނަ އަދަދެއްގެ ބަނގުރާފުޅިތަކެއް މިއަދު ނައްތާލައިފި އެވެ.

ފުލުހުން މިއަދު ބުނީ، މިއަދު މާފަރު ކުނިކޮށީގަައި 667 ފުޅި ބަނގުރައާއި 309 ދަޅު ބިޔަރު ނައްތާލާފައިވާ ކަމަށެވެ. 

މިއީ މިދިޔަ ފެބްރުއަރީ މަހުގެ 22 އިން ފެށިގެން މިމަހުގެ ދެވަނަ ދުވަހުގެ ނިޔަލަށް މާފަރު އިންޓަނޭޝަނަލް އެއާޕޯޓަށް ފުރަންދިޔަ ފަތުރުވެރިންގެ އަތުން އަތުލައިގަނެ، އެމްއެންޑީއެފް އިން ފުލުހުންނާ ހަވާލުކޮށްފައިވާ ތަކެއްޗެވެ. 

ބަނގުރާ ނައްތާލުން ކުރިއަށް ގެންގޮސްފައިވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ބަނގުރާއާއި ބަނގުރާގެ މައްސަލަތަކާ ގުޅިގެން ހިފެހެއްޓޭ ތަކެތި ނައްތާލުމުގައި އަމަލުކުރާ ގޮތުގެ ގަވާއިދުގެ ދަށުން އެކަމަށްޓަކައި އެކުލަވައިލި ކޮމިޓީގެ ބެލުމުގެ ދަށުންނެވެ.

މީގެ ކުރިންވެސް ރާއްޖެއައިސް ފުރަންދާ ފަތުރުވެރިން އަތުން ބަނގުރާފުޅިތައް އަތުލައިގަނެފައިވެއެވެ. ނަމަވެސް މާފަރު އެއާޕޯޓު ބޭނުންކުރަން ފެށިފަހުން އެތަނުން ބަނގުރާފުޅިތަކެއް ތަކުރާރުކޮށް އަތުލައިގެން މިއީ ފުރަތަމަ ފަހަރެވެ. 

ފުލުހުން ބުނެފައިވާގޮތުގައި އެ އާޕޯޓަށް ފުރަންދިޔަ ފަތުރުވެރިން އަތުން އެކި ފަހަރުމަތިން މިއަހަރު ފެށުނުފަހުން ބަނގުރާ ވަނީ އަތުލައިގަނެވިފަ އެވެ. ނަމަވެސް އިތުރު ތަފްސީލެއް ހާމައެއް ނުކުރެއެވެ. 

އަބޫދާބީ ފަންޑް ފޯ ޑިވެލޮޕްމެންޓް (އޭޑީއެފްޑީ) އިން 60 މިލިއަން ޑޮލަރު ހަރަދު ކޮށްގެން ހެދި މާފަރު އިންޓަނޭޝަނަލް އެއާޕޯޓު ހުޅުވީ 2019ވަނަ އަހަރުގެ ޑިސެމްބަރު މަހު އެވެ. 

މާފަރު އެއާޕޯޓު އޮންނަ ސަރަހައްދަކީ ހައި އެންޑް ގިނަ ރިސޯޓުތަކެއް އޮންނަ ސަރަހައްދެކެވެ. އޭގެތެރޭގައި، ވެލާ އާއި ސޮނޭވާ ޖާނީގެ ރަންދެލި ރިސޯޓު ހިމެނެ އެވެ.  

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް