ވޭލްސް އެންމެ ފަހުން ވޯލްޑްކަޕްގައި ކުޅެފައިވަނީ އޮނަވިހި ސަތޭކަ ފަންސާސް އަށްވަނަ އަހަރުއެވެ.
ޔޫކްރޭންއާ ވޭލްސް ކުޅުނު ޔޫރަޕްގެ ޕްލޭ އޮފްގެ ފަހު މެޗުން ވޭލްސް މޮޅުވީ އެއް ލަނޑު ސުން ލަނޑުންނެވެ. މި ނަތީޖާއާއެކު ގަތަރުގައި މި އަހަރު އޮންނަ ވޯލްޑްކަޕުގައި ވޭލްސް ހިމެނިގެންދާނީ ގްރޫޕް ބީގައެވެ. ގްރޫޕް ބީގައި ދެން ހިމެނެނީ އިންގްލަންޑް، އިރާން އަދި އެމެރިކާއެވެ.