ads
ރައީސް ނަޝީދު އަދި ޖާބިރު
އިތުބާރު ނެތްކަމުގެ ވޯޓު ނަގާނެކަމަށް ބުނެ ޖާބިރުގެ އިންޒާރެއް ރައީސް ނަޝީދަށް
އިތުބާރު ނެތްކަމުގެ ވޯޓު ނަގާނެކަމަށް ބުނެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު އިންޒާރެއް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހަންމަދު ނަޝީދަށް ދެއްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގައި ވާހަކަ ދައްކަވަމުން ޖާބިރު ހިތްހަމަ ނުޖެހުން ފާޅުކުރެއްވީ، މިއަދު ރައްޔުންގެ މަޖިލީހަށް ހޯމް މިނިސްޓަރު ޝޭހް އިމްރާން އަބްދުﷲ ވަޑައިގަތުމުން ކަން ކުރެވުނު ގޮތުންކަމަށް ޖާބިރު ވާހަކަ ފުޅުގައި ފާހަގަކުރެއްވިއެވެ. 

"ހޯމް މިނިސްޓަރުގެ މަސައްކަތް މަޖިލީހުގައި ކުރިއަށް ނުދިޔަ. އެފަދަކަމެއް ތަކުރާރު ކުރެވިއްޖެ ނަމަ އިތުބާރު ނެތްކަމުގެ ވޯޓު ނަގާނަން. ސީނާ ޒާހިރު ގޮތަށް މަޖިލީހަށް ހޮވާފައި ހުރި އެކަކުވެސް ނުހުންނާނެ،" މިއަދު ރައްޔިތުންގެ މަޖިލީހުގައި ވާހަކަ ދައްކަވަމުން ޖާބިރު ވިދާޅުވިއެވެ.

ނަމަވެސް މަޖިލީހުގައި ހިނގީ ކޮންކަމެއް ކަމެއް ޖާބިރު ވިދާޅެއް ނުވެއެވެ.

ދިވެހި ރާއްޖޭގެ ސުޕްރީމް ކޯޓުން މަރުގެ ހުކުމް ކޮށްފައިވާ ފަރާތްތަކުގެ ތެރެއިން ހުކުމް ތަންފީޒުކުރުމަށް އިސްލާ މީ ޝަރީޢަތުގައިވާ ގޮތުގެމަތިން ހުރިހާ އިޖުރާތް އަތުތަކެއް ފުރިހަމަވެ ގައިދީންގެ މައްޗަށް މަރުގެ ހުކުމް ތަންފީޒުކުރުމާ މެދު މި ސަރުކާރުގެ ސިޔާ ސަތަކީ ކޮބައިތޯ ސާފުކުރުމަށް މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގު، ޓޮމް މިއަދު ރައްޔިތުންގެ މަޖިލީހުގައި ވަނީ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި ސުވާލު ކުރައްވާފައެވެ. 

އެ ސުވާލުގެ ޖަވާބުގައި އިމްރާން ވިދާޅުވީ ވޭތުވެދިޔަ ބައި ގަރުނެއްހާ ދުވަހު ހުރިހާ ސަރުކާރުތަކުން ގެންގުޅެމުން އައީ މޮރިޓޯރިއަމް ދެމެހެއްޓުމުގެ ސިޔާސަތު ކަމަށާއި މި ސަރުކާރުން ވެސް ގެންގުޅެނީ އެ ސިޔާސަތު ކަމަށެވެ.

63%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
13%
ސަތޭކައަކުން ސުމެއް
25%
ވަރަށް ސަލާމް
ކޮމެންޓްސް