ގާސިމް ވިދާޅުވީ ބީޖޭޕީގެ ތަރުޖަމާނު ގެ ވާހަކަތައް އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާކަމަށެވެ.
މި މައްސަލަ ސަރުކާރުން ކުށްވެރިކުރުމަށް ގޮވާލާ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ވެސް ވަނީ މިއަދު ރައްޔިތުންގެ މަޖިލީހަށް މައްސަލައެއް ވެސް ހުށަހަޅުއްވާފައެވެ.
މައްޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް މިއަދު ވަނީ މި މައްސަލައިގައި ކުއްލި މައްސަލައެއް ވެސް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައެވެ. އެނާ މި މައްސަލަ ހުށަހެޅުއްވަމުން މިއަދު ވިދާޅުވީ ރާއްޖޭގެ ރައްޔިތުންގެ މަޖިލީހަށް މި މައްސަލަ ހުށަހަޅަނީ އެކަމާ ގުޅިގެން ދިވެހި ސަރުކާރުން އެކަން ކުށްވެރިކޮށްފައި ނުވާތީކަމަށެވެ.
އާދަމް ޝަރީފް ވިދާޅުވީ ރަސޫލާއާއި ކީރިތި ޤުރުއާނަށް ފުރައްސާރަކޮށް ވާހަކަ ދައްކާފައިވަނީ އިންޑިއާގެ ވެރިކަން ކުރާ ޕާޓީގެ ތަރުޖަމާނު ކަމަށެވެ.
މި މައްސަލައިގައި ދުނިޔޭގެ ބައެއް ގައުމުތަކުން އަންނަނީ އިންޑިއާއަށް ޕްރެޝަރުކުރުމަށް މަސައްކަތް ކުރަމުންނެވެ.
ބީޖޭޕީގެ ނެޝަލަނަލް ސްޕޯކްސް ޕާސަން ނުޕުރް ޝަރުމާ ވަނީ މި މައްސަލައިގައި ސަސްޕެންޑު ވެސް ކޮށްފައެވެ.
ޝަރީފް ހުށަހެޅުއްވި މައްސަލަ ބައިލ ނުގަތުމަށް 31 މެންބަރަކު ވޯޓު ދީފައިވާއިރު، ބަލައިގަންނަން ފެންނަކަމަށް ވޯޓު ދީފައިވަނީ 10 މެންބަރުންނެވެ. 6 މެންބަރުން އެ ވޯޓުގައި ބައިވެރިވަޑައެއް ނުގަންނަވައެވެ.