އަދާލަތު ޕާޓީން މިހެން ބުނެފައިވަނީ ބީޖޭޕީގެ ގައުމީ ތަރުޖަމާން ނުޕުރް ޝަރުމާ ރަސޫލާ އާއި ޤުރުއާނަށް ފުރައްސާރަކޮށް ވާހަކަ ދެއްކި މައްސަލައިގައި އެކަން ކުށްވެރިކޮށް ނެރުނު ބަޔާނުގައެވެ.
އަދާލަތުޕާޓީން ބުނީ އެ ޕާޓީގެ ތަރުޖަމާން ހަމަލާ ދީފައިވަނީ މުޅި އިސްލާމީ އުއްމަތަށް ކަމަށެވެ.
ބީޖޭޕީގެ ނެޝަލަނަލް ސްޕޯކްސް ޕާސަން ވަނީ މި މައްސަލައިގައި ސަސްޕެންޑު ވެސް ކޮށްފައެވެ.
އަދާލަތުން ބުނީ، ކައިވެނިފުޅުތަކާ ގުޅޭ ގޮތުން ކަނޑައެޅިގެން ހަގީގަތާ ހިލާފަށް ދޮގު ވާހަކަ ދައްކައި އެކަލޭގެފާނުގެ ޝަހުސިއްޔަތަށް ބަދުބަސް ބުނެ ތައުހީނުކޮށް، އަވަށްޓެރި އިންޑިއާގެ ވެރިކަންކުރާ ޕާޓީ، ބީޖޭޕީގެ އިސްތަރުޖަމާނު ފާޅުގައި ބުނެފައިވާ ބަސްތަކަކީ މުޅި އިސްލާމީ އުންމަތާ ދެކޮޅަށް ބުނެފައިވާ ބަސްތަކެއް ކަމަށް، އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުން ދެކޭކަމަށެވެ.
ރަސޫލާގެ ޝަހުސިއްޔަތުގެ ދިފާއުގައި ތެދުވާނެ އެތައް މިލިއަން މުސްލިމުން އިންޑިއާ އާއި ދުނިޔޭގެ ކަންކޮޅުތަކުގައި ތިބިކަމަށް ވެސް އަދާލަތު ޕާޓީން ބުނެއެވެ.
މި މައްސަލަ ދިވެހި ސަރުކާރުން ކުށްވެރިނުކުރަތީ އިދިކޮޅު ކޯލިޝަނުގެ މެންބަރުން އަންނަނީ ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުންނެވެ.