ads
ކޮވިޑް-19 އަށް ޓެސްޓުކުރަން ސާމްޕަލް ނެގުން --
ޑެންގީއާއި ރޯގާ އަށް ސަމާލުވާން އަންގައިފި، އިންފުލުއެންޒާ ވެސް އިތުރުވަނީ
ޑެންގީއާއި ރޯގާ އަށް ސަމާލުވާންވަނީ އަންގާފަ
ޑެންގީއާއި ރޯގާ އަށް ސަމާލުވާން ހެލްތް ޕްރޮޓެކްޝަން އޭޖެންސީ، އެޗްޕީއޭ އިން އަންގައި އިންފުލުއެންޒާ ރޯގާ ގެ ހަތަރު ކޭސް ވެސް ފެނިފައިވާކަން އިއުލާނުކޮށްފިއެވެ.

އެޗްޕީއޭ އިން ބުނި ގޮތުގައި ވޭތުވެދިޔަ އެޕްރީލް މަހާ އަޅާ ބަލާއިރު މިދިޔަ މަހު އިންފްލުއެންޒާގެ ޢަލާމާތްތައް ހުރެގެން ޓެސްޓް ކުރެވުނު ޢަދަދު ވަނީ އިތުރު ވެފައެވެ.

ޓެސްޓް ކުރެވުނު ސާމްޕަލްތަކުގެ ތެރެއިން 4 ސާމްޕަލް ވަނީ ވަނީ ޕޮޒިޓިވް ވެފައެވެ.

މި އަހަރުގެ އޭޕްރިލް މަހު މުޅި ޖުމުލަ ޑެންގީގެ 92 ކޭސް ރިޕޯޓުކޮށްފައިވެއެވެ. މޭ މަހު ޑެންގީ ގެ 185 ކޭސް ރިޕޯޓުކޮށްފައިވެއެވެ.

އަރުދަފުސް ރޯގާ ޖެހިގެން މިއަހަރުގެ އޭޕްރިލް މަހު ވަނީ މުޅި ޖުމްލަ 12978 ކޭސް ރިޕޯޓު ކޮށްފައެވެ. އަދި މިދިޔަ މޭ މަހު ވަނީ 4105 ކޭސް ރިޕޯޓު ކޮށްފައެވެ.

"މިބަލިން ރައްކާތެރިވުމަށް މަދިރިން ރައްކާތެރިވުމުގެ ގޮތުން ހަށިގަނޑު ރަގަޅަށް ނިވައިވާ ގޮތަށް ހެދުން އެޅުމާއި މަދިރި ލޯޝަން އަދި މޮސްކިޓޯ ރެޕެލެންޓް ބޭނުންކޮށް، ފަތިސް ގަޑީގައި އަދި ހަވީރު އިރުއޮއްސޭ ވަގުތުގައި ދޮރުތަކާއި ކުޑަ ދޮރުތައް ލައްޕާފައި ބެހެއްޓިދާނެ،" -އެޗްޕީއޭ-

 ތިން ދުވަހަށް ވުރެ އިތުރަށް ހުން އަންނަ ނަމަ، ނުވަތަ ދިޔާއެއްޗެތި ބޭނުން ނުކުރެވޭ ނަމަ ނުވަތަ މާ ބޮޑަށް ވަރު ދެރަވާނަމަ ޑޮކްޓަރެއްގެ ލަފާ ހޯދުން މުހިއްމު ކަމަށް އެޗްޕީއޭއިން ބުނެއެވެ. 

ވޭތުވެ ދިޔަ އަހަރާއި އަޅާބަލާއިރު މި އަހަރުގެ މިހާތަނަށް ބޭރަށް ހިންގުން ޖެހިގެން ރިޕޯރޓް ކޮށްފައިވާ އަދަދު ވެސް ވަނީ އިތުރުވެފައެވެ. އެގޮތުން އޭޕްރިލް މަހު ވަނީ ބޭރަށް ހިންގުމުގެ 1575 ކޭސް ރިޕޯޓު ކޮށްފައެވެ. އަދި މިދިޔަ މޭ މަހު 1824 ކޭސް ވަނީ ރިޕޯޓުކޮށްފައެވެ.

"ކިބިހި އަޅާއިރު އަގަމަތީގައާއި ނޭފަތުގައި ޓިޝޫއެއް ފަދަ އެއްޗެއް އެޅުމާއިޢާއްމު ސާފުތާހިރުކަމަށާއި ހާއްސަކޮށް ސައިބޯނިލައިގެން އަތްދޮވުންފަދަ ކަންކަމަށް ސަމާލުކަންދިނުން ހިމެނޭ،" -އެޗްޕީއޭ-

އެޗްޕީއޭ އިން ބުނީ އާންމު އަރުދަފުސް ރޯގާއިން ރައްްކާތެރިވުމަށް ފިޔަވަޅުތައް އެޅުން މުހިއްމު ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް