ads
ފިލްމީ ތަރި ޝިފާ
ބަރަހަނާ މައްސަލަ ނުބެލުމަކީ ފުލުހުން ފެއިލްވުން: ވަކީލް ނިޝާން
ޓިކްޓޮކުން ދިވެހިންގެ މަގުބޫލުކަމެއް ހޯދި މަރިޔަމް ޝިފާކަމަށް ބުނެ ސޯސަލް މީޑިއާގައިއާންމުވެކޮށްފައިވާކަމަށް ބުނާ ބަރަހަނާ މަންޒަރު ދައްކުވައިދޭ ވީޑިއޯ އާއި އެއްޖިންސުން ގުޅުން ހިންގި ކަމަށް ބުނާ މައްސަލަ ފުލުހުން އަމިއްލައަށް އިސްނަގައިގެން ނުބެލުމަކީ ފުލުހުންގެ މުއައްސަސާ ފެއިލްވުން ކަމުގައި މަޝްހޫރު ގާނޫނީ ވަކީލް އަލްއުސްތާޒް މުހައްމަދު ނިޝާން އިބްރާހިމް ވިދާޅުވެއްޖެ އެވެ.
Advertisement

ޝިފާ އާއި އިތުރު އަންހެނަކު ބަރަހަނާކޮށް ތިބެ އެއްޖިންސުން ގުޅުން ހިންގާ މަންޒަރު ދައްކުވައިދޭ ވީޑިއޯއެއް ކަމަށް ބުނާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާއްމުވެފައިވާކަމަށް ބައެއް ނޫސްތަކުގައި ވެސް ވަނީ ރިޕޯޓުކޮށްފައެވެ.

މަޝްހޫރު ފެޝަން ޑިޒައިނަރު އަދި ނެށުންތެރިއާ ޖާދުﷲ އިސްމާއިލް ހަދާފައިވާ ފިލްމީތަރިންގެ ނަށާ ގުރޫޕުން ޝިފާ ބޭރުކޮށްލާފައި ވާކަމަށް ޖާދުﷲ ވަނީ ހޯމަ ދުވަހު ބުނެފަ އެވެ. 

މި މައްސަލަ އާއި ގުޅިގެން ފުލުހުންގެ މީޑިޔާ އޮފިޝަލް ވިދާޅުވީ "މިފަދަ މައްސަލައެއް ފުލުހުންނަށް އެއްވެސް ފަރާތަކުން ހުށަހަޅާފައިނުވާ" ކަމަށެވެ.

ސީއެންއެމް އަށް މައުލޫމާތުދެއްވަމުން ގާނޫނީ ވަކީލް ނިޝާން ވިދާޅުވީ ޝިފާ އަށް ތުހުމަތު ކުރެވޭ މި މައްސަލައަކީ ޖިނާއީ ބޮޑު މައްސަލައެއް ކަމަށާއި، ޖިނާއީ މިފަދަ މައްސަލަތައް ބަލަން ފުލުހުންނަށް ގާނޫނު އަސާސީން ލާޒިމުކުރާ ކަމަށެވެ. 

ގާނޫނުއަސާސީގައި ފުލުހުންގެ މަގުސަދު ބަޔާންކުރާއިރު ޖިނާއީ މައްސަލަތައް ބެލުމާއި ވަކި ގާނޫނަކުން އިސްތިސްނާ ނުކުރާ ކޮންމެ ކަމެއް ބެލުމަކީ ފުލުހުންގެ މައްޗަށް ލާޒިމުކުރާ ކަމެއްކަމުގައި ފާހަގަ ކުރައްވަމުން ވަކީލް ވިދާޅުވީ މި މައްސަލައަކީ ޖިނާއީ މައްސަލައެއްކަމަށް ކަނޑައަޅައި ބޮޑެތި އަދަބުތަކެއް ވެސް ގާނޫނުން ކަނޑައަޅާފައިވާ މައްސަލަތަކެއް ކަމަށެވެ. 

ގާނޫނު ނަމްބަރު 411 ވަނަ މާއްދާގައި ބަޔާންކުރާ ދެކަމުގެ ތެރެއިން ފުރަތަމަ ކަމަކީ ޒިނޭ ކުރުމުގެ އަަމަލު ނުވަތަ އެކަމާއި ގުޅުންހުރި މައްސަލަތަކެވެ. 

ދެވަނަ ކަމަކީ އެއްޖިންސުން ގުޅުން ހިންގުމުގެ މައްސަލަތަކެވެ. އެއްޖިންސުން ގުޅުން ހިންގުމުގެ މައްސަލައިގައި މީހަކާއި އިދެގެން ހުރެ އެއްޖިންސުން ގުޅުން ހިންގުމަކީ ޖިނާއަތުގެ ފަސްވަނަ ދަރައިޖެތެރޭގައި ހިމެނޭ ކުށެކެވެ. 

މީގެ އިތުރުން ދިވެހި ރާއްޖެއަށް އެތެރެކުރުން މަނާތަކެތީގެ ގާނޫނުގެ ތެރެއިން އޮރިޔާން ކާޑު އުފައްދައި ގެންގުޅުމަކީ މަނާކަމެކެވެ. އަދި ބަދުއަހްލާގީ އަމަލު ހިންގުމާއި، ބަދުއަހްލާގީ އަމަލު ހިންގަން މަސައްކަތް ކުރުމަކީ ވެސް ގާނޫނު އަސާސީގައި ބަޔާންކުރާ ކުށެކެވެ. އަދި މިއީ އިސްލާމްދީން ވަރަށް ބޮޑަށް ނަހީކުރާ ކަމަކެވެ. 

ނިޝާން ވިދާޅުވީ ޝިފާގެ މި މައްސަލަ ފުލުހުން އަމިއްލަ އިސްނެގުމާއެކުވެސް ބަލަންޖެހޭ ކަމަށް ގާނޫނުން ލާޒިމުކުރާ ކަމަށާއި، މުޅި ޝޯސަލް މީޑިޔާ އާއި މީޑިޔާތަކުގައި މިވާހަަކަ ދެކެވި ފުލުހުން މި މައްސަލަ ނުބެލުމަކީ ފުލުހުންގެ މުއައްސަސާ ފެއިލްވުން ކަމަށެވެ. 

30%
ކަމުގޮސްފި
20%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް