ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ ވީޑިއޯއެއްގައި ޝިފާ އާއި އިތުރު އަންހެނަކު އެއްޖިންސުން ގުޅުން ހިންގާ މަންޒަރު ފެންނަ ވީޑިއޯއެއް އާންމުވެފައިވާކަމަށް ބައެއް މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ. އެކަމާއި ގުޅިގެން ގިނަ ބަޔަކު ޝިފާއަށް ފާޑުކިޔަމުން ދަނިކޮށް، ޖާދުﷲ ވަނީ އޭނާގެ ފޭސްބުކުގައި ޝިފާއަށް ތުހުމަތުތަކެއް ކޮށް ސްޓޭޓަސްއެއް ހިއްސާކޮށްފަ އެވެ.
ޖާދު ކުރި ފޭސްބުކް ޕޯސްޓެއްގައި ބުނެފައިވަނީ "އެއްޖިންސުން ގުޅުން ހިންގާކަމަށް ޝިފާ އިއުތިރާފު" ވެފައިވާކަމަށެވެ. އެހެންކަމުން އޭނާ ނަށާ ގުރޫޕުން ބޭރުކޮށްލީކަމަށެވެ.
އެހެން ނަމަވެސް ޖާދު ގެ ފޭސްބުކް ޕޭޖުގައި މިއަދު އެ ޕޯސްޓު ފެންނާކަށް ނެތެވެ. އަދި އެ ޕޯސްޓު އޭނާ ޑިލީޓް ކުރީ ކޮން ސަބަބަކާއި ހުރެކަމެއް ހާމަކޮށްފައި ނުވެ އެވެ.
ޝިފާގެ ބަރަހަނާ ވީޑިއޯއެއް ދައުރުވަމުން އަންނަ ކަމަށް ބުނާތީ ފުލުހުން މި މައްސަލަ ބަލަމުން ގެންދޭތޯ "ސީއެންއެމް" އިން ސުވާލުކުރުމުން ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، މި މައްސަލަ އެއްވެސް ފަރާތަކުން ފުލުހުންނަށް އަދި ހުށަހަޅާފައި ނުވާކަމަށެވެ.
އެހެން ނަމަވެސް މި މައްސަލައަކީ، ޖިނާއީ ބޮޑު މައްސަލައެއް ކަމުން ފުލުހުން އިސްވެ މި މައްސަލަ ބެލުމަށް ގާނޫނުން ފުލުހުންގެ މައްޗަށްވަނީ ލާޒިމް ކޮށްފައިވާކަމަށް މަޝްހޫރު ގާނޫނީ ވަކީލް އަލްއުސްތާޒް މުހައްމަދު ނިޝާން އިބްރާހިމް ވަނީ ވިދާޅުވެފައެވެ.
މިކަމާއި ގުޅިގެން ގާނޫނީ ވަކީލް ނިޝާން މިއަދު ވިދާޅުވީ، ގާނޫނުއަސާސީގައި ފުލުހުންގެ މަގުސަދު ބަޔާންކުރާއިރު ޖިނާއީ މައްސަލަތައް ބެލުމާއި ވަކި ގާނޫނަކުން އިސްތިސްނާ ނުކުރާ ކޮންމެ ކަމެއް ބެލުމަކީ ފުލުހުންގެ މައްޗަށް ލާޒިމުކުރާ ކަމެއް ކަމަށެވެ. އަދި މި މައްސަލައަކީ ޖިނާއީ މައްސަލައެއްކަމަށް ކަނޑައަޅައި ބޮޑެތި އަދަބުތަކެއް ވެސް ގާނޫނުން ކަނޑައަޅާފައިވާ މައްސަލަތަކެއް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.