އެރަށު ރައްޔިތުންނަށް އިންޓަނެޓާ ޓީވީ ހިލޭ ގުޅައިދޭނެކަމަށް ދިރާގުން ބުނެއެވެ.
ރައުޓަރާއި ދިރާގު ޓީވީގެ ޑިކޯޑަރު ވެސް ހިލޭ ލިބޭ ގޮތަށް ވަނީ ހަމަޖައްސާފައެވެ.
ދިރާގުގެ ބްރޯޑްބޭންޑް އިންޓަނެޓް ބޭނުން ކުރާ ފަރާތްތަކަށް ހަލުވި ސްޕީޑާއި ބޮޑެތި ޑާޓާ އެލަވެންސްތައް ހިމެނޭ ގިނަ ޕެކޭޖުތަކެއް ލިބޭނެ އެވެ.
ދިރާގު ފައިބަ ބްރޯޑް ބޭންޑް ހިދުމަތް ރާއްޖޭގެ ގޭބީސީތަކުގެ 84 ޕަސެންޓަށް މިހާރު ވެސް އަންނަނީ ދެމުންނެވެ. އޭގެ ތެރޭގައި 86 ރަށެއް ހިމެނެ އެވެ. އަދި ރާއްޖޭގައި މީހުން ދިރިއުޅޭ 84 ޕަސެންޓް ރަށަށް ދިރާގު ޓީވީގެ ހިދުމަތް ވަނީ ފޯރުކޮށްދީފަ އެވެ.ދިރާގު ޓީވީން ގިނަ އަދަދެއްގެ މުނިފޫހިފިލުވުމުގެ ކޮންޓެންޓާއި، ލޯކަލް އަދި ބޭރުގެ ގިނަ ޗެނަލްތަކާ އެކު 100 އަށް ވުރެ ގިނަ ޗެނަލް ބަލާލެވޭނެ އެވެ.