ވޭލް ސަބްމެރިނުން ބުނާ ގޮތުގައި އާމިރާ ވަނީ މިދިޔަ މަހުގެ ނިޔަލަށް 3000 އެއްހާ ޑައިވްކޮށްފަ އެވެ. އެގޮތުން މިއީ ދުނިޔޭގެ ރިކޯޑެއް ކަމަށް ގަބޫލުކުރާ ކަމަށް ވޭލް ސަބްމެރިނުން ބުނެ އެވެ.
ވޭލް ސަބްމެރިނުން އިތުރަށް ބުނީ ގިނިސް ވޯލްޑް ރެކޯޑް ފޮތުން މި ޖާގަ ކަށަވަރުކުރުމަށްޓަކައި އާމިރާގެ ނަން މިހާރު ފޮނުވާފައިވާ ކަމަށެވެ.
އޭގެ އިތުރުން އާމިރާއަށްޓަކައި ފަހުރުވެރިވާ ކަމަށް ވެސް އެތަނުން ބުނެ އެވެ.
މީގެ ކުރިން ވެސް ދުނިޔޭގެ ރިކޯޑު ފޮތުން ދިވެއްސަކު ވަނީ ޖާގަ ހޯދާފަ އެވެ.
އެގޮތުން އެންމެ ދިގު "މިލްކް ޓޫތު" ގެ ރެކޯޑު އޮތީ އަހްމަދު އަފްރާހު އިސްމާއީލް ނަމަކަށް ކިޔާ ދިވެހި ޒުވާނެއްގެ އަތުގަ އެވެ.