އެ ހޮސްޕިޓަލުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އެހެނިހެން އަހަރުތަކެކޭ އެއްފަދައިން މިއަހަރުވެސް ހިތާނުކުރުމުގެ ހިދުމަތް އެދެވޭ ގޮތެއްގައި ކޮށްދިނުމަށްޓަކާ އަންނަ ބުދަ ދުވަހުން ފެށިގެން މިމަހުގެ 26 ވާ އާދިއްތަ ދުވަހުގެ ނިޔަލަށް ހިތާނުކުރުމަށް ނަންނޯޓު ކުރުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
ނަން ނޯޓު ކުރުން ކުރިޔަށް ދާނީ އޯޕީޑީ ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 09:00 އަކުން ހަވީރު 16:00 އަށް ދަރުމަވަންތަ ހޮސްޕިޓަލުގެ ތިން ވަނަ ފަންގިފިލާގައިވާ ސާޖަރީ ކައުންޓަރުންނެވެ.
މިފަހަރު އެ ހޮސްޕިޓަލުން ހިތާނުކުރުމަށް ހަމަޖެހިފައިވާ ކުދިންގެ އަދަދަކީ 300 ކަމަށްވާތީ އެ އަދަދު ހަމަވުމުން ނަން ނޯޓު ކުރުން ހުއްޓާލާނެ ކަމަށްވެސް އެ ހޮސްޕިޓަލުން ބުނެއެވެ.
އައިޖީއެމްއެޗުން ކުރިއަށް ގެންދާ މިއަހަރުގެ ހިތާނީ ކޭމްޕު އޮންނާނީ އަންނަ ޖުލައި ދެވަނަ ދުވަހުން ފެށިގެން 31ގެ ނިޔަލަށެވެ. އެޕޮއިންޓުމެންޓު ދޭނީ ނަން ނޯޓުކުރާ ތާރުތީބުންނެވެ.