ads
ކަންގްނާ
ރަސޫލާއަށް ފުރައްސާރަކުރި މީހާގެ ދިފާއުގައި މަޝްހޫރު ފިލްމީ ތަރި ކަންގްނާ
ކީރިތި ރަސޫލާއަށް މަލާމާތްކޮށް އިސްލާމްދީނަށް ފުރައްސާރަ ކުރި އިންޑިއާގެ ވެރިކަން ކުރާ ޕާޓީ ބީޖޭޕީގެ ތަރުޖަމާނެއް ކަމަށްވާ ނުޕޫރު ޝަރުމާގެ ދިފާއުގައި ބޮލީވުޑްގެ މަޝްހޫރު ތަރިއެއް ކަމަށްވާ ކަންގްނާ ނުކުމެއްޖެއެވެ.
Advertisement

ކަންގްނާ ބުނަނީ އޭނަގެ މުސްލިމް ރަހުމަތްތެރިން ވެސް އުޅޭ ކަމަށާއި އެމީހުންގެ ތެރޭގައި ވެސް ރާބޮއެ، އިސްލާމްދީނުގައި ހަރާން ކަންތައް ވެސް ކުރަމުންދާ ކަމަށެވެ. އަދި ބައެއް މީހުން ބުރުގާ ނާޅާ ތިބޭ ކަމަށް ކަންގްނާ ވަނީ ބުނެފައެވެ.

މީގެ އިތުރުން ކުށްވެރިކުރަންޏާ ކުށްވެރިވާނީ ހަމައެކަނި ނުޕޫރު ނޫންކަމަށް ކަންގްނާ ކުރި ޕޯސްޓެއްގައިވަނީ ބުނެފައެވެ.

މީގެކުރިން ވެސް ކަންގްނާވަނީ ނުޕޫރުގެ ދިފާއުގައި ޕޯސްޓުތަކެއް ކޮށްފައެވެ. ކަންގްނާ ބުނާ ގޮތުން ނުޕޫރު ފާޅުކުރީ އޭނަގެ އަމިއްލަ ހިޔާލެވެ. މުސްލިމުން ވެސް ހިންދޫ ދީނަށް މަލާމާތްކުރާ ކަމަށާއި ޤައުމުގެ މަސްރަހު ހޫނުނުކޮށް މައްސަލަ ހައްލުކުރަން ކޯޓުތަކަށް ދިޔުމަށް ކަންގްނާ ވަނީ ގޮވާލާފައެވެ.

your imageކަންގްނާ (ވ)

ބޭރުގެ މީޑިޔާއެއް ކަމަށްވާ އެންޑީ ޓީވީއަށް ދިން އިންޓަވިއުއެއްގައި ބޮލީވުޑްގެ ކުރީގެ ތަރިއެއް ކަމަށްވާ ނަޒީރުއްދީން ޝާޚް ބުނެފައިވަނީ އިންޑިޔާގެ މުސްލިމުން އެކަމާ ދެކޮޅަށް ބަސް ބުނާއިރު ޝާހުރުކް ޚާން، ސަލްމާން ޚާން އަދި އާމިރު ޚާން ފަދަ މުސްލިމް ތަރިން މިމައްސަލައިގައި ހިމޭނުން ތިބޭ ސަބަބެއް އޭނައަށް ނޭގޭ ކަމަށެވެ.

ނުޕޫރު އެތައްފަހަރެއްގެ މަތިން އިސްލާމްދީނަށް ފުރައްސާރަކޮށް ކީރިތި ރަސޫލާއަށް މަލާމާތްކުރާ ކަމަށްބުނެ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި މުސްލިމުންދަނީ އެކަމާ ހިތްހަމަ ނުޖެހުން ފާޅުކުރަމުންނެވެ. އަދި އިންޑިޔާގައި މިމައްސަލަ ހޫނުވެ މުސްލިމުން ވަނީ މުޒާހަރާވެސް ފަށާފައެވެ. މިމައްސަލަ ރާއްޖޭގެ އިތުރުން ގިނަ ޤައުމުތަކުން ވަނީ ކުށްވެރިކޮށްފައެވެ.

އެހެންކަމުން ނުޕޫރުވަނީ މިހާރު ވެރިކަން ކުރާ ޕާޓީން ވަކިކޮށްފައެވެ.

25%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
25%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް