އޮސްޓްރޭލިއާއާ ޕެރޫ ރޭ ކުޅުނު މެޗުން އޮސްޓްރޭލިއާ މޮޅުވީ ޕެނަލްޓީ ޖަހައިގެން ފަސް ލަނޑު ހަތަރު ލަނޑުންނެވެ. އޮސްޓްރޭލިއާ ވޯލްޑް ކަޕަށް ކޮލިފައިވުމުން އެ ޓީމު ހިމެނިގެންދާނީ ފްރާންސްއާ، ޑެންމާކު އަދި ޓިއުނީޝިއާއޭއެކު ގްރޫޕް ބީގައެވެ.
ގަތަރުގައި ރޭ ކުޅުނު ޕްލޭ އޮފް މެޗުގައި ޕެނަލްޓީ ޖަހަން ޖެހުނީ މެޗުގެ ފުރިހަމަ ވަގުތާ އިތުރު ވަގުތުގައިވެސް ދެ ޓީމުން ކުރެ ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވުމުންނެވެ.
މި އަހަރުގެ ވޯލްޑް ކަޕް ވެގެންދާނީ އޮސްޓްރޭލިއާއިން ވޯލްޑްކަޕުގައި ކުޅޭ ހަ ވަނަ ފަހަރަށެވެ.