ads
ރޭގެ ޖަލްސާގެ ތެރެއިން
ހިޔާ ރައްޔިތުންގެ ޝަކުވާތައް ވަރަށް ގާތުން އެބަ ބަލަން، ހައްލު ގެނެސްދޭނަން: ރައީސް
ހުޅުމާލެ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ރައްޔިތުންގެ ފަރާތުން ހުށަހަޅާ ޝަކުވާތައް ވަރަށް ގާތުން ބަލަމުންދާ ކަމަށާއި، އެކަމަށް ހައްލު ގެނެސްދޭނެ ކަމުގެ ޔަގީންކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަރުވައިފި އެވެ.

އެމްޓީސީސީގެ "ރާއްޖެ ޓްރާންސްޕޯޓް ލިންކް"ގެ ބަހުގެ ހިދުމަތް ހުޅުމާލޭ ދެވަނަ ފިޔަވަހީގަައި ފެށުމަށް ރޭ ބޭއްވި ރަސްމިޔާތުގައި ވާހަކަފުޅުދަައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ، ހިޔާ ސަރަހައްދުގައި ދިރިއުޅޭ މީހުންގެ ފަރާތުން އަދިވެސް ޝަކުވާތައް ރައީސް އޮފީހަށްވެސް ހުށަހެޅެމުންދާ ކަމަށެެވެ. އޭގެ ތެރޭގައި އެންމެ ބޮޑު ޝަކުވާއެއްގެ ގޮތުގައި ހުށަހެޅިފައިވަނީ ކުލީގެ މައްސަލަކަން ފާހަގަކުރެއްވި އެވެ. 

"ހުޅުމާލެ ދެވަނަ ފިޔަވަހީގެ ރައްޔިތުންގެ ފަރާތުން ހުށަހެޅެމުންދާ ޝަކުވާތައް ވަރަށް ކައިރިން އަޅުގަނޑުމެން މިދަނީ ބަލަމުން. އެކަމަށް މިހާރުން މިހާރަށް ގެނެވެެން އޮތް ހައްލެއް ގެނެސް އެކަން ހައްލުކުރުމުގެ މަސައްކަތް އަޅުގަނޑުމެން ކުރަމުން ގެންދާނަން.

އެގޮތުން ރައީސް އޮފީހަށް އަންނަ އެކި އެކި ޝަކުވާތައް ވީހާވެސް ގާތުން ބެލުމަށްޓަކައި ނައިބު ރައީސް ފައިސަލް ނަސީމާއި، ރައީސް އޮފީހުގެ ސްޓޭޓް މިނިސްޓަރު އަހްމަދު ސަމީރު އިސްވެ ހުންނަވާ ދުވަހުން ދުވަހަށް އެ ޝަކުވާތައް ބަލާ ރައީސް ސޯލިހު އާއި މަޝްވަރާ ކުރަމުންދާކަންވެސް ރައީސް ފާހަގަކުރެއްވި އެވެ. 

"މިގޮތުން މިދެންނެވިހެން ހިޔާ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންގެ ފަރާތުން އަންނަ ހުރިހާ ޝަކުވާތައް ބަލާ ހައްލު ހޯދަދޭނެ ކަމުގެ ޔަގީންކަން ހިޔާ ފްލެޓުގައި ދިރިއުޅޭ ހުރިހާ ރައްޔިތުންނަށް މި ފުރުސަތުގައި އަރުވަން" ރައީސް ސޯލިހު ވިދާޅުވި އެވެ.

ހިޔާ ސަރަހައްދަކީ މިހާރުވެސް 20،000 އާއި ގާތްކުރާ އަދަދަށް ރައްޔިތުން ދިރިއުޅެމުން އަންނަ ސަރަހައްދެއްކަން ފާހަގަކުރައްވާ ރައީސް ސޯލިހު ވިދާޅުވީ، އެ ސަރަހައްދުގައި ހިދުމަތްތައް ގާއިމުކުރެވި އާބާދުވެގެންދާއިރު، 40000 އެއްހާ ރައްޔިތުން ދިރިއުޅޭނެ ކަމަށާއި، ސަރުކާރުން އިތުރަށް އެސަރަހައްދުގައި އަޅާ 4000 އަދި 2000 ފްލެޓާއިއެކު 6000 ފްލެޓާއިއެކު 1000 ގޯތި އެ ސަރަހައްދުން ދޫކުރެވޭއިރު، ދެވަނަ ފިޔަވަހީގެ އާބާދީ 70،000 އަށް އަރާނެ ކަމަށްވެސް ވިދާޅުވި އެވެ. 

އެހާ ހިސާބަށް ދާއިރު، ސިއްހީ ނިޒާމާއި، ސްކޫލުތަކާއި އެހެނިހެންވެސް ޒަރޫރީ ބޭނުންތައް އިތުރުކޮށް އެތަނަށް ބޭނުންވާ މިންވަރަށް ހިދުމަތްތައް ގާއިމުކުރުމާއި ހިދުމަތްތައް ފުޅާކުރަންޖެހޭނެތީ އެ މަސައްކަތް ކުރުމަށް އެޗްޑީސީއަށް ރައީސް ވަނީ އިލްތިމާސްކޮށްފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް