ads
ރ. ފައިނު
ފައިނުގައި ބަރަހަނާކޮށް ހުރެ ގެއަކަށް ވަން ބިދޭސީއަކު ފުލުހުންގެ ބެލުމުގެ ދަށަށް
ރ. ފައިނުގައި ބަރަހަނާކޮށް ހުރެ ގެއަކަށް ވަން ބިދޭސީއަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.
Advertisement

ރ. ފައިނުގައި ބަރަހަނާކޮށް ހުރެ ގެއަކަށް ވަން ބިދޭސީއަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ. 

ސީއެންއެމްއަށް މައުލޫމާތު ދެއްވަމުން އިބްރާހީމް ނާސިރު ވިދާޅުވީ ބިދޭސީ މީހާ އަކީ ފައިނު ގިރަމުންދާތީ އެކަމަށް ހައްލެއް ހޯދުމަށް ޕްލޭނިން މިނިސްޓްރީން އެރަށަށް ފޮނުވި ބިދޭސީންގެ ތެރޭގައި ހިމެނޭ މީހެއް ކަމަށެވެ. 

"ފުލުހުންގެ ބެލުމުގެ ދަށުން ހަމަގައިމުވެސް އެމީހާ މިރަށުން ގެންގޮސްފި،" ނާސިރު ވިދާޅުވި އެވެ. 

ބިދޭސީ މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ އޭނާގެ ޖިންސީ ގުނަވަން ދައްކައިގެން ބަޔަކަށް ޖިންސީ ގޯނާކުރަން އުޅުނު ކަމުގެ ތުހުމަތުގަ އެވެ. 

ނާސިރު އިތުރަށް ވިދާޅުވީ ބިދޭސީ މީހާ ފުލުހުންގެ ބެލުމުގެ ދަށަށް މިއަދު ގެންގޮސްފައިވާ ކަމަށާއި މި މީހާގެ ޝަކުވާތަކެއް އެހެން ކަމަކާ ގުޅިގެންވެސް މީގެކުރިން ލިބިފައިވާ ކަމަށެވެ. އޭރު އެ ޝަކުވާތައް ލިބުމާ ގުޅިގެން ފައިނުގައި ހުރި ޕްލޭނިން މިނިސްޓްރީގެ ސައިޓް ސުޕަވައިޒަރުގެ ސަމާލުކަމަށް އެކަން އޭރު ގެނައި ކަމަށްވެސް ވިދާޅުވި އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް