މަރުވެފައިވަނީ، ލަންދޫގައި ލޭންޑިން ކުރާފްޓަކަށް ރުއްތަކެއް އެރުވުމުގެ މަސައްކަތް ކުރަމުންދިޔަ 53 އަހަރުގެ ބަގްލަދޭޝް މީހެކެވެ.
ފުލުހުން ބުނީ، އޭނާ ދެ ރުއްދޭތެރޭ ފިތިފައިވާ ކަމުގެ ރިޕޯޓު ލިބުނީ މިއަދު ހަވީރު 16:15 ހާއިރު ކަމަށާއި، އެ ރަށު ހެލްތު ސެންޓަރަށް ގެންދިޔައިރުވެސް އޭނާ ވަނީ މަރުވެފައި ކަމަށެވެ.