ads
ބްލެކްމެއިލް ކުރުމުގެ މައްސަލައެއް ފުލުހުން ބަލަނީ
ގިނަ ބަޔަކު ބްލެކްމެއިލް ކުރުމުގެ މައްސަލައެއް ފުލުހުން ބަލަން ފަށައިފި
ގިނަ އަދަދެއްގެ ބަޔަކު ބްލެކްމެއިލް ކުރުމުގެ މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފި އެވެ.
Advertisement

"ސީއެންއެމް" އަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިޔާ އޮފިޝަލް މިއަދު ވިދާޅުވީ މި މައްސަލަ އަކީ ގިނަ އަދަދެއްގެ ބަޔަކު ބްލެކް މެއިލް ކުރުމުގެ މައްސަލަ އެއް ކަމަށާއި، ފުލުހުންގެ މުއައްސަސާ އަށް މިފަދަ މައްސަލަ އެއް ހުށަހެޅުމުން ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. 

މި މައްސަލަ ހުށަހެޅީ ކޮން ފަރާތަކުން ކަމެއް ފުލުހުން އަދި ހާމައެއް ނުކުރެއެވެ. ހަމަ އެކަނި ވިދާޅުވީ މިފަދަ މައްސަލަ އެއް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. 

މީޑިޔާ އޮފިޝަލް ވިދާޅުވީ މީސް މީޑިޔާގައި މިއަދު ދައުރު ވަމުން އަންނަ ވީޑިއޯ އާއި ގުޅިގެން އެމީހުންނާއި ގުޅޭ މައްސަލަ މިއަދު ތަހުގީގުކުރަން ފަށާފައިވާ ކަމަށެވެ. އަދި ވިދާޅުވީ މި މައްސަލައިގެ ތަހުގީގުގެ ތެރެއިން އަޅަންޖެހޭ ފިޔަވަޅެއް އޮތްނަމަ އެ ފިޔަވަޅެއް އަޅުއްވާނެ ކަމަށެވެ. 

"ގިނަ އަދަދެއްގެ މީހުން ހިމެނޭގޮތަށް ބްލެކްމެއިލް ކުރުމުގެ މައްސަލައެއް ދިވެހި ފުލުހުންގެ ހިދުމަތަށް ހުށަހެޅުމާ ގުޅިގެން އެމައްސަލައިގެ ތަހުގީގު ފުލުހުން ވަނީ މީގެ ކުރިން ފަށާފައި. އަދި ސޯޝަލް މީޑިއާގައި މިއަދު އާންމުވި ވީޑިއޯއާ ގުޅިގެން އެވީޑިއޯގައި ހިމެނޭ މީހުންނާއި ގުޅޭ މައްސަލަ މިއަދުވަނީ ތަހުގީގުކުރަން ފަށާފައި. މި މައްސަލައިގެ ތަހުގީގުގެ ތެރެއިން އިތުރަށް އަޅަންޖެހޭ ފިޔަވަޅުތައް މިދަނީ އަޅަމުން." ފުލުހުންގެ މީޑިޔާ އޮފިޝަލް ވިދާޅުވި އެވެ.

ބްލެކްމެއިލް ކުރުމުގެ މައްސަލަ އެއް ފުލުހުން ތަހުގީގު ކުރަން މިއަދު ފަށާފައިވާއިރު ގާނޫނީ ވަކީލު ނާޒިމް ސައްތާރު ފިރިހެނަކާއި އެކު އެއްޖިންސުން ގުޅުން ހިންގާ މަންޒަރު ފެންނަ ވީޑިއޯއެއް މީސްމީޑިޔާގައި މިއަދު ވަނީ އާންމުވެފަ އެވެ. 

your imageރައީސް ނަޝީދުގެ ކޮށްކޮ ނާޒިމް ސައްތާރު.. 

ދައުރުވަމުންދާ ވީޑިއޯގައި ފެންނަނީ ނާޒިމް ސައްތާރު ބިދޭސީ ފިރިހެނަކާއި މެދު ޖިންސީ އަމަލު ހިންގަން މަސައްކަތްކުރާ މަންޒަރެވެ.

ލީކުވެފައިވާ ވީޑިއޯއާއި ބެހޭގޮތުން ނާޒިމް ވަނީ އެއީ އޭނާގެ ވީޑިއޯއެއް ނޫން ކަމަށް ބުނެފަ އެވެ. ނާޒިމް ސައްތާރަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އެއްބަނޑު އެއްބަފާ ކޮއްކޮއެވެ.

13%
ކަމުގޮސްފި
25%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
13%
ވަރަށް ސަލާމް
ކޮމެންޓްސް