ads
ނާޒިމް ސައްތާރު
ނާޒިމް ދީނަށް ފުރައްސާރަ ކުރިކަމަށް ބުނާ މައްސަލަ ފުލުހުން ބަލަން ފަށައިފި
ގާނޫނީ ވަކީލު ނާޒިމް ސައްތާރު އިސްލާމް ދީނަށް ފުރައްސާރަ ކުރި މައްސަލައެއް ފުލުހުން ތަހުގީގު ކުރަމުން އަންނަކަން ފުލުހުން ބުނެފި އެވެ.

ނާޒިމް ދީނަށް ފުރައްސާރަ ކުރި ކަމަށް ބުނެ ސޯޝަލް މީޑިޔާގައި އަޑުފެތުރިފައިވަނިކޮށް ބައެއް ފަރާތްތަކުން ބުނެފައިވަނީ މިފަދަ މައްސަލަ އެއް ފުލުހުންނަށްވެސް ހުށަހަޅާފައިވާ ކަމަށެވެ. 

ދީނީ އެކި ޖަމިއްޔާތައް އެކުވެގެން އުފައްދާފައިވާ ރައްޔިތުންގެ އިއްތިހާދުން ހުށަހަޅާފައިވާ މައްސަލައާ ގުޅޭ ގޮތުން ފުލުހުންގެ މީޑިއާ ޓީމުން މިއަދު ބުނީ ނާޒިމް "މާތް ނަބިއްޔާ މުހައްމަދު ﷺ އަށް ފުރައްސާރަ ކުރި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުން،" ކަމަށެވެ.

މީގެ 11 އަހަރު ކުރިން ނާޒިމް ކޮށްފައިވާކަމަށް ބުނާ ޓްވިޓުގެ މައްސަލަ ދީނީ އެކި ޖަމިއްޔާތައް އެކުވެގެން އުފައްދާފައިވާ ރައްޔިތުންގެ އިއްތިހާދުން ޕޮލިހަށް ހުށަހަޅާފައިވަނީ މިއަދު އެވެ. އިއްތިހާދުން ފުލުހަށް ފޮނުވި މައްސަލާގައި ބުނެފައިވަނީ މީގެ 11 އަހަރުކުރިން 2 ޖެނުއަރީ 2012 ވަނަ އަހަރުގެ ހެނދުނު 10:59 ގައި ކުރި އެ ޓްވީޓް  މިއަދު ހެނދުނު 8:25 ހާ ހަމައަށް ވެސް ޑިލީޓް ނުކުރާކަމަށާއި ނަމަވެސް އޭގެ ދެ މިނިޓް ފަހުން

ޖެނުއަރީ 2، 2012 ގައި ހެނދުނު 10:59 ގައި ކުރި އެ ޓްވީޓް މިއަދު ހެނދުނު 8:25 ހާ ހަމައަށް ބެލިއިރު ވެސް ޑިލީޓް ނުކުރާ ކަމަށާއި އޭގެ ދެ މިނިޓް ފަހުން އެ ޓްވީޓް ޑިލީޓް ކޮށްފައިވާ ކަމަށް ވެސް އެ އިއްތިހާދުން ފޮނުވި ސިޓީގައި ބުނެފައި ވެ އެވެ.

ނާޒިމްގެ މައްޗަށް މިފަދަ މައްސަލަ ތަކެއް ހުށަހެޅި ތަހުގީގު ކުރަމުން އަންނަ އިރު އޭނާ މިވަގުތު ރާއްޖެއިން ބޭރަށް ފުރާފައިވާ ކަމުގެ ވާހަކަތަކެއް ވެސް އަންނަނީ ދެކެވެމުންނެވެ. 

އެއްޖިންސުން ގުޅުން ހިންގި މައްލަ އާއި ގުޅިގެން ނާޒިމް ވަނީ ރޭ ފުލުހުންގެ އިދާރާ އަށްވެސް ހާޒިރުކޮށްފަ އެވެ. އެހެން ނަމަވެސް މިވަގުތު އަދި ބަންދުކޮށްފަ އެއް ނުވެ އެވެ.  

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް