ads
ޓެކްސީ އަކަށް މީހުން އަރަނީ..
ތެލުގެ އަގުބޮޑުވެ ޓެކްސީ ސެންޓަރުތަކުން ކަންބޮޑުވުން ފާޅުކޮށްފި
ތެލުގެ ބަދަލަށް ގެނައި އަގު ބޮޑުވުމާއި ގުޅިގެން ޓެކްސީ ހިދުމަތްދޭ ފަރާތްތަކުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އައި ބަދަލާއި ގުޅިގެން އެސްޓިއޯއިން ތެޔޮ ވިއްކާ އަގުތަކަށް ވަނީ މިދިޔަ ބުރާސްފަތި ދުވަހު ބަދަލުތަކެއް ގެނެސްފަ އެވެ. 

އެގޮތުން ޕެޓްރޯލް ލީޓަރެއް މިހާރު ލިބޭނެ އަގަކީ 16.55 ރުފިޔާ އަށް އަދި ޑީސަލް ލީޓަރެއް ލިބޭނީ، 16.77 ރުފިޔާ އަށެވެ.

ޓެކްސީ ހިދުމަތްދޭ ޕިކް އެންޑް ޑްރޮޕް ޓެކްސީ ސެންޓަރުން ބުނީ ރާއްޖޭގައި ވެސް ތެލާއި ތަކެތީގެ އަގުތައް އަތް ނުފޯރާ ފަށަށް މައްޗަށް ދިއުމުގެ އަސަރު އެންމެ ބޮޑަށް ކުރާ އެއް ބަޔަކީ ޓެކްސީ ޑްރައިވަރުންކަމަށާއި އެހެން ވުމުގެ ސަބަބުން ޓެކްސީ ކުރާ ފަރާތްތަކަށް ފޫ ނުބެއްދޭ ވަރުގެ ގެއްލުމާއި ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ. 

އެ ސެންޓަރުން ބުނީ ސަރުކާރުން ޓެކްސީ ދަތުރުތަކުގެ އަގު ކޮންޓްރޯލްކުރިއިރު ލީޓަރެއްގެ އަގު 8.07 ރ އަށް ހުރި ނަމަވެސް ޕެޓްރޯލް ލީޓަރެއް މިހާރު ލިބެނީ 16.55ރ އަށް ކަމަށެވެ. އެގޮތުން ޕެޓްރޯލް ލީޓަރަކުން 8ރ ބޮޑުވެގެން ދިޔައިރު ދަތުރުތަކުގެ އަގަށް ބަދަލެއް ނުގެނެސް އޮތުމަކީ އެ ސެންޓަރުގެ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށެވެ.

ޓްރާންސްޕޯޓް މިނިސްޓްރީގައި ރަޖިސްޓްރީ ކޮށްގެން މާލޭގައި ޓެކްސީ ހިދުމަތްދޭ 10 ސެންޓަރު ހުރެ އެވެ. އަދި ހުޅުމާލޭގައި ޓެކްސީ ހިދުމަތްދޭ ތިން ސެންޓަރު ހުރެ އެވެ. 


67%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
33%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް