މިކަމާ ގުޅިގެން ފުލުހުން ބުނީ، މި މައްސަލައިގައި ހައްޔަރު ކޮށްފައިވަނީ އަހުމަދު އިސްމާއިލް (އަހަނދު) ކަމަށެވެ. މީގެ ކުރިން ވެސް މި މައްސަލަ އާއި ގުޅިގެން އަހަނދު ވަނީ ހައްޔަރުކޮށްފަ އެވެ.
ރިލްވާންގެ މައްސަލައާ ގުޅިގެން މިއަދު ހެނދުނުވެސް ފުލުހުން ވަނީ މީހަކު ހައްޔަރުކޮށްފަ އެވެ.
ކާނިވާ ސަރަހައްދުން މިއަދު ހެނދުނު ފުލުހުން ހައްޔަރު ކުރީ، އިސްމާއިލް އަބްދުލްރަހީމް އާދަމް (އިސޫ) އެވެ.
މިއަދު ހެނދުނު ހައްޔަރުކުރި އިސޫއަކީ މީގެ ކުރިން ސީރިއާގައި ހިނގަމުން ދިޔަ ހަނގުރާމައަށް ތުރުކީ މަގުން އެ ގައުމަށް ދާން އުޅެނިކޮށް ހިފެހެއްޓުމަށްފަހު ތުރުކީން ރާއްޖެއަށް ޑީޕޯޓުކޮށްލި މީހެކެވެ.