ads
ރައީސް ޔާމީން ހިޔާނާތުގެ މައްސަލައިގައި ކޯޓަށް ހާޒިރުކުރަނީ.. ފައިލް ފޮޓޯ
ރައީސް ޔާމީނަށް ދައުވާކުރާ އާރަށުގެ މައްސަލަ މިއަދުވެސް ކެންސަލް
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް އުފުލާފައިވާ އެމްއެމްޕީއާރުސީ މެދުވެރިކޮށް ވ. އާރަށް ކުއްޔަށް ދިނުމުގައި ހިނގާފައިވާ މުއާމަލާތާ ގުޅިގެން މިއަދަށް ތާވަލް ކުރި އަޑު އެހުންވެސް ކްރިމިނަލް ކޯޓުން ކެންސަލް ކޮށްފި އެވެ.

އާރަށު ހިޔާނާތުގެ މައްސަލައިގައި ޔާމީންގެ މައްޗަށް ދައުވާ ކުރަނީ، 2015 ވަނަ އަހަރު ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރު ޔޫސުފް ނައީމްގެ މަސްލަހަތު އޮންނަ ކުންފުންޏަށް އެމްއެމްޕީއާރްސީ މެދުވެރިކޮށް އާރަށް ދޫކުރުމުގެ ތެރެއިން އޭނާގެ އެއް މިލިއަން ޑޮލަރުގެ ރިޝްވަތެއް ނެންގެވި ކަމަށް ބުނެއެވެ.

އެންމެ ފަހުން މި މައްސަލައިގެ އަޑުއެހުމެއް ބާއްވަން ތާވަލްކޮށްފައިވަނީ މިދިޔަ އާދީއްތަ ދުވަހުގަ އެވެ. އެދުވަހުގެ އަޑުއެހުންވެސް ނުބާޢްވައި ކްރިމިނަލް ކޯޓުންވަނީ ކެންސަލް ކޮށްފަ އެވެ. ކޯޓުން އެދުވަހު ބުނީ އަޑުއެހުން ކެންސަލް ކުރީ ދައުވާ އުފުލާފައިވާ ޔޫސުފް ނައީމްގެ ދިފާއީ ވަކީލު ކޯޓަށް ހާޒިރުނުވެވުމުން ކަމަށެވެ.  

ކޯޓުގައި މިއަދުގެ އަަޑުއެހުން ތާވަލްކޮށްފައިވަނީ 09:30 އަށެވެ. އަޑުއެހުން ކެންސަލް ކޮށްފައިވަނީ ދައުވާ އުފުލާފައިވައިވާ ރައީސް ޔާމީންގެ ދިފާއީ ވަކީލަށް ކޯޓަށް ހާޒިރު ނުވެވިގެން ކަމަށެވެ. 

މި މައްސަލައިގައި މިހާރު ކުރިއަށް ގެންދަން ނިންމާފައިވަނީ ހެކިންގެ ހެކިބަސް ނެގުމުގެ މަރުހަލާ އެވެ. 

މި މައްސަލައިގެ ހެކިބަސް ނަގަންފަށާފައިވަނީ މިމަހުގެ 16 ވަނަ ދުވަހުން ފެށިގެންނެވެ. ދައުލަތުން ވަނީ ރައީސް ޔާމީނާއި ދެކޮޅަށް ވަރަސް ގިނަ ހެކި ހުށަހަޅާފަ އެވެ.

އެގޮތުން ފުލުހުންގެ ފޮރިންސިކް ރިޕޯޓާއި، އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރ އަބްދުﷲ ޒިޔަތުގެ ލެޕްޓޮޕް ތަހުލީލުކުރި ފަރާތް ހާޒިރުކޮށް ވަނީ ހެކިބަސް ނަގާފަ އެވެ. 

ރައީސް ޔާމީނާއި ޔޫސުފް ނައީމުވެސް ވަނީ މި ދައުވާތަކަށް އިންކާރުކޮށްފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް