ads
ފޮޓޯ: އަދަދު
މުހައްމަދު އިސްމާއިލް ބަންދުގައި ގެންގުޅެނީ ދޮގު ތުހުމަތުތަކެއް ކޮށްގެން: ވަކީލު
ޔޯގާ ހަމަނުޖެހުމުގައި ބައިވެރިވިކަމަށް ތުހުމަތުކޮށް ހައްޔަރުކުރި، ޕީޕީއެމްގެ ހަރަކާތް ކޮމިޓީގައި އިސްކޮށް ހަރަކާތްތެރިވާ މުހައްމަދު އިސްމާއިލް ބަންދުގައި ގެންގުޅެނީ ދޮގު ތުހުމަތުކެއް ކޮށްގެން ކަމަށް އޭނާގެ ގާނޫނީ ވަކީލު އަލީ ޝާހު ވިދާޅުވެއްޖެ އެވެ.
Advertisement

އޭނާ ހައްޔަރުކޮށްފައިވަނީ އެ ހަަމަނުޖެހުން ހިނގި ދުވަސް ނޫން އަނެއްދުވަހު، މިމަހުގެ 22ވަނަ ދުވަހު ކާނިވާ ސަރަހައްދުގައި އިންދަ އެވެ. އޭޭނާގެ ބަންދަށް ޖެހި ފަސް ދުވަސް ހަމަވެ، ބަންދާއިމެދު ގޮތެއް ނިންމުމަށް މިއަދު ކޯޓަށް ހާޒިރުކުރުމުންވެސް ވަނީ އޭނާގެ ބަންދުގެ މުއްދަތު ނުވަ ދުވަހަށް އިތުރުކޮށްފަ އެވެ. 

އެ މައްސަލައިގައި ޕީޕީއެމްގެ ކައުންސިލް މެންބަރު އިބްރާހިމް ރައްޒާން (ޓަކީ) ވެސް ހައްޔަރުކުރި އެވެ. ނަމަވެސް އޭނާ މިއަދު ވަނީ ދޫކޮށްލާފަ އެވެ.

އެ އަޑުއެހުން ނިންމާލުމަށްފަހު އޭނާގެ ގާނޫނީ ވަކީލު އަލީ ޝާހު ޗެނަލް13 އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، މިއަދު ފުލުހުން ވަނީ އޭނާގެ މައްޗަށް އިތުރު ތުހުމަތުތަކެއް ވެސް ކޮށްފަ ކަމަަށާއި، އޭނާ ބަންދުގައި ބެހެއްޓުމަށް ފުލުުހުންގެ ފަރާތުން ހުށަހަޅާފައިވާ ހެކިތަކަކީވެސް އެއްވެސް ބުރަދަނެއް ނެތް ހެކިތަކެއް ކަމަށެވެ. 

"ފުލުހުން ކުރީގެ ބަންދުގެ މުއްދަތު ލިއުމަށް ހުށަހެޅި ތުހުމަތުތަކުގެ އިތުރަށް އިތުރު ތުހުމަތުކެއް މުހައްމަދު އިސްމާއިލްގެ މައްޗަށް އުފުލާފަވޭ، އެއީ ދީނީ ގޮތުން އަދި ސިޔާސީ ގޮތުން ކަންކަން ރާވާ ހިންގުމާއި، އާ ތުހުމަތުތަކެއް ހުށަހަޅާ އޭގެ މައްޗަށް ބަންދުގެ މުއްދަތު އިތުރު ކުރެވިގެން ދިޔައީ" އަލީ ޝާހު ވިދާޅުވި އެވެ.

ވަކީލު ވިދާޅުވީ، އޭގެ އިތުރުން މުހައްމަދު ބަންދުކުރަން ދިޔަ ފުލުހުންގެ ބަޔާންވެސް ހެއްކެއްގެ ގޮތުގައި ހުށަހަޅާފަވާ ކަމަށާއި، އެއަށްވުރެ އިތުރު ހެއްކެއް އަދި ބަންދުގައި ބަހައްޓަން އެކަށޭނެ ހެއްކެވެސް ފުލުހުންނަަށް ހުށަހެޅިފަ ނުވާކަމަށް ވިދާޅުވި އެވެ.

އިންޓެލިޖެންސް ރިޕޯޓަކާއި، ޕާޓީ އޮފީސްކައިރީގައާއި، ގަލޮޅު ސްޓޭޑިއަމް އާއި މާދުރުގައި ހުއްޓާ ކޮންމެވެސް ދުވަހަކު ނަގާފައިވާ ފޮޓޯއެއް ވެސް ފުލުހުން ހުށަހަޅާފަވާ ކަމަށް އަލީ ޝާހު ވިދާޅުވި އެވެ. މިއަދު ބަންދުގެ މުއްދަތު އިތުރުކުރަން ގަޒީ ނިންމީ އެ ފަދަ ފޮޓޯތަކަށް ރިއާޔަކޮށް "ކޮންމެވެސް ވަރެއްގެ ތުހުމަތުކުރެވޭ ހެކިތަކެއް ހުރުމުން އިތުރަށް ބަންދުގައި ބަހައްޓަން ފެނިވަޑައިގަންނަވާ" ކަމަށް ވިދާޅުވެ ކަމަށް އަލީ ޝާހު ވިދާޅުވި އެވެ. 

ވަކީލު އަލީ ޝާހު އިތުރަށް ވިދާޅުވީ، އެ ހުރިހާ ތުހުމަތުތަކަށްވެސް މުހައްމަދު އިންކާރުކުރާ ކަމަށާއި، ފުލުހުންގެ ފަރާތުން އޭނާ ވަނީ ވަރަށް ބޮޑަށް ފްރޭމުކޮށްފަވާ ކަމަށެވެ. އަދި މުހައްމަދަށް ލިބޭ އަސާސީ ހައްގުތަކުންވެސް ވަރަށް ބޮޑަށް އެކަހެރިކޮށްފަވާކަން ފާހަގަކޮށް ވިދާޅުވީ، ވަކީލުންނާއި ބައްދަލުކުރުމުގެ ހައްގުވެސް މުހައްމަދަށް ނުދޭ ކަމަށެވެ. 

" އެހެންވީމަ އެ ހުރިހާ އަސާސީ ހައްގަކުން މުހައްމަދު އިސްމާއިލް މަހްރޫމުކޮށްގެން ފުލުހުން އެގެންގުޅެނީ، ދޮގު ތުހުމަތުތަކެއް ކޮށްގެން މިހާތަނަށްވެސް" އަލީ ޝާހުވިދާޅުވި އެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް