ads
ސެމީ އޮޓޮމޭޓެޑް އޮފްސައިޑް ޓެކްނޮލޮޖީގެ ތްރީޑީ އެނިމޭޓެޑް މަންޒަރެއް
ވޯލްޑްކަޕްގައި ސެމީ އޮޓޮމޭޓެޑް އޮފްސައިޑް ޓެކްނޮލޮޖީ ބޭނުންކުރަނީ
ގަތަރުގައި މި އަހަރު އޮންނަ ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގައި ސެމީ އޮޓޮމޭޓެޑް އޮފްސައިޑް ޓެކްނޮލޮޖީ ބޭނުން ކުރަން ފީފާއިން ނިންމައިފިއެވެ. ފީފާއިން މިކަން އިއުލާން ކުރީ މިއަދުއެވެ.
Advertisement

ސެމީ އޮޓޮމޭޓެޑް އޮފް ސައިޑް ޓެކްނޮލޮޖީގެ ސަބަބުން، މެޗުގެ ރެފްރީންނަށް މިހާރަށްވުރެ އަވަހަށް އަދި ޔަގީންކަމާއި އެކު އޮފް ސައިޑް ކަނޑައެޅުމަށް ފަސޭހަވެގެންދާނެއެވެ. މި ޓެކްނޮލޮޖީ ބޭނުން ކުރުމުން ތްރީޑީ އެނިމޭޓެޑް އިމޭޖެއްގެ އެހީގައި ވީޑިއޯ އެސިސްޓެންޓް ރެފްރީން ނުވަތަ ވީއޭއާރު ޓީމަށް ވަގުތުން އޮފް ސައިޑް އެލަރޓް ފޮނުވާލާނެއެވެ. ފީފާއިން ވޯލްޑްކަޕުގައި މި ޓެކްނޮލޮޖީ ބޭނުން ކުރުމަށްޓަކައި މިހާރުވަނީ ފީފާގެ އެހެން މުބާރާތްތަކުގައި މި ޓެކްނޮލޮޖީ ޓެސްޓްކޮށް އިތުބާރު ހޯދާފައެވެ.

މި ޓެކްނޮލޮޖިކަލް ސިސްޓަމް ބޭނުންކުރުމަށްޓަކައި ހަމައެކަނި އެ ކަމަށް ހާއްސަ ބާރަ ކެމެރާ ދަނޑުގައި ހަރުކުރެވޭނެއެވެ. މި ބާރަ ކެމެރާއިން ބޯޅައިގެ މޫވްމަންޓްތައް މޮނިޓަރކުރަމުން ދާއިރު، އޮނަތިރީސް ޑޭޓާ ޕޮއިންޓަކުން ކޮންމެ ކުޅުންތެރިއެއްގެ ހަރަކާތްތައް މޮނިޓަރ ކުރަމުންދާނެއެވެ. މި ގޮތުން މޮނީޓަރ ކުރެވޭނީ ދަނޑުގައި އެ ކުޅުންތެރިން ތިބި ހިސާބުތަކެވެ. އަދި ކުޅުންތެރިންގެ ވަކިވަކި ގުނަވަންތައް ހުރި ހިސާބު ސިކުންތަކު ފަންސާސް ފަހަރު މޮނިޓަރ ކުރާނެއެވެ.

ވޯލްޑްކަށް ފަރުމާކޮށްފައިވާ ބޯޅަ- އައް ރަހްލާއަކީވެސް އާޓިފިޝަލް އިންޓެލިޖެންސްގެ މި ސިސްޓަމަށް ފައްކާކޮށްފައިވާ ބޯޅައެކެވެ. ބޯޅަ ފަރުމާކުރުމުގައި އޭގައި ބޭނުންކޮށްފައިވާ ޓެކްނޮލޮޖީގެ ޒަރީއާއިން ސިކުންތަކު ފަސްސަތޭކަ ފަހަރު ބޯޅައިގެ މޫވްމަންޓް ޑާޓާ ވަގުތުން ނަގަމުން ގެންދާނެއެވެ. މިއީ މީގެ ކުރިން ދުވަހަކުވެސް ފުޓްބޯޅައިގައި ޓެކްނޮލޮޖީ ބޭނުންކޮށްފައިނުވާ މިންވަރެކެވެ.

ގަތަރު ވޯލްޑްކަޕުގައި ބޭނުން ކުރަން ނިންމާފައިވާ މި ޓެކްނޮލޮޖީ ފީފާއިންވަނީ ކްލަބު ވޯލްޑްކަޕުގައި އަދި ފީފާ އަރަބް ކަޕް 2021 ގައި ޓެސްޓްކޮށްފައެވެ. ވޯލްޑްކަޕުގައި މި ޓެކްނޮލޮޖީ ބޭނުން ކުރަން ނިންމާފައިވަނީ މި ޓެސްޓްތަކަށް ފަހު މި ޓެކްނޮލޮޖީ ކާމިޔާބުކަމަށް ނިންމުމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް