ads
ކިންގް ސަލްމާން މިސްކިތް ހިމެނޭ ސަރަހައްދަށް އުދަ އަރާތީ ފާރު ރާނަނީ..
މާލޭގެ އިރުމަތީ ފަރާތައް އުދައަރަމުންދާތީ ފެންސު ޖެހުމުގެ މަސައްކަތް ފަށައިފި
އާޓިފިޝަލް ބީޗު ހިމެނޭ ސަރަހައްދު (މާލޭގެ އިރުމަތި) ފަރާތަށް އުދައަރަމުންދާތީ އެ ސަރަހައްދުގައި ފެންސު ޖެހުމުގެ މަސައްކަތް މާލޭ ސިޓީ ކައުންސިލުން ފަަށައިފި އެވެ.

"ސީއެންއެމް" އަށް މައުލޫމާތު ދެއްވަމުން މާލޭ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު ވިދާޅުވީ ކިންގް ސަލްމާން މިސްކިތް ހިމެނޭ ސަރަހައްދަށް ވަރަށް ބޮޑަށް އުދައިގެ އަސަރު ކުރަމުންދާ ކަމަށެވެ. 

ނަރީޝް ވިދާޅުވީ އުދަ އަރަމުންދާތީ ސަލްމާން މިސްކިތް ހިމެނޭ ސަރަހައްދުގައި ސިޓީ ކައުންސިލުން ކޮންކްރީޓް ކޮށް ފާރެއް ރޭނުމުނުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ. 

"ސަލްމާން މިސްކިތް ސަރަހައްދަށް ވަރަށް ބޮޑަށް އުދަ އަރާ އެބަ. އެ ސަރަހައްދުގައި ކޮންކްރީޓްކޮށް ފާރެއް ރޭނުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުން،" ނަރީޝް ވިދާޅުވި އެވެ.

ނަރީޝް ވިދާޅުވީ މޫސުން ގޯސްވެ އުދައިގެ އަސަރު ކުރުމުގެ ކުރިޔަށް ސިޓީ ކައުންސިލުން މިކަންކަމަށް ކުރިންފެށިގެން ތައްޔާރުވެފައިވާ ކަމަށެވެ. އެގޮތުން އެސަރަހައްދުގައި ފާރު ރޭނުމަށް ހޯދަންޖެހޭ ތަކެތި ހޯދައި އެސަރަހައްދުގެ ބޮޑުމިން ބަލައި މަސައްކަތް ފަށާފައިވާ ކަމަށެވެ. 

your imageއާޓިފިޝަލް ބީޗު ސަރަހައްދަށް މދިޔަ މަހު އުދައަރަން ފަށާފައި: ފޮޓޯ ސީއެންއެމްނިއުސްޓީމް

އެސަރަހައްދަށް އުދައެރުމާއި ގުޅިގެން މާލޭ ސިޓީ ކައުންސިލުން ކުރިން ވަނީ އެރަަހައްދުގައި ވެލިފުނިތަކެއް ޖަހައި ރާޅުގެ އަސަރު ނުކުރާނެހެން ބަންދު ކޮށްފަ އެވެ.  

އުދައިގެ އަސަރު ކުރުމުގެ ސަބަބުން އެސަރަހައްދުގައި ވަނީ ފެންބޮޑުވެ ޗަކަ ހެދިފަ އެވެ. 

މި ދުވަސްވަރަކީ މުޅި ރާއްޖެއަށްވެސް މޫސުން ގޯސްވެ އުދައަރަމުންދާ ދުވަސްވަރަކަށްވާތީ ދަތުރުފަތުރު ކުރުމުގައި ސަމާލުކަން ދިނުމަށް މޫސުމާޢިބެހޭ އިދާރާއިން ވަނީ އިލްތިމާސްކޮށްފަ އެވެ

67%
ކަމުގޮސްފި
33%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް