ads
ގދ. މަޑަވެއްޔަށް އުދަ އަރައި ފެންބޮޑުވުމުން ވެލި ބަސްތާ ޖެހުމުގެ މަސައްކަތް އެ ރަށު ރައްޔިތުން ކުރަނީ----ފޮޓޯ: އިލްހާމް މުހައްމަދު، ޓުވިޓާ)
ުއުދާގައި އެންމެ ބޮޑަށް ގެއްލުންވި މަޑަވެއްޔަށް ސަރުކާރުން އެހީ ދެނީ
އިއްޔެ ރާއްޖޭގެ އެކި ސަރަހައްދުތަކަށް އެރި އުދައިގައި އެންމެ ބޮޑު ގެއްލުމެއް ލިބުނު ގދ. މަޑަވެއްޔަށް ސަރުކާރުން އެހީތެރިކަން ފޯރުކޮށްދޭނެ ކަމުގެ ޔަގީންކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ދެއްވައިފި އެވެ.

މި ޔަގީންކަން ރައީސް ދެއްވާފައިވަނީ، ރޭ އެރަށުގެ ކައުންސިލަށް ގުޅުއްވާ ދެއްކެވި ވާހަކަފުޅުގަ އެވެ. 

މަޑަވެލީގެ ހާލަތު އޮޅުން ފިލުއްވުމަށްޓަކައި ރައީސް ސޯލިހް، މަޑަވެލީ ކައުންސިލްގެ ރައީސަށް ފޯނުން ގުޅުއްވުމުން އެރަށު ކައުންސިލްގެ ރައީސް ފިޔާޒް ހަސަން ވަނީ، އުދައެރުމުގެ ހާދިސާގައި އެރަށަށް ލިބުނު ގެއްލުންތަކާއި އަދި ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކައުންސިލުން ކުރަމުންދާ މަސައްކަތްތަކުގެ މައުލޫމާތު ރައީސް އާއި ހިއްސާކުރައްވާފަ އެވެ.

މި ވާހަކަތައް އަޑުއެއްސެވުމަށްފަހު، ރައީސް ސޯލިހް ވިދާޅުވީ، މަޑަވެލީގެ ގިނަ ގެތަކަކަށް ގެއްލުންތައް ލިބިފައިވާތީ އެކަމުގައި ސަރުކާރުގެ ފަރާތުން ރައްޔިތުންނަށް ވެދެއްވެން އޮތް ހުރިހާ އެހީތެރިކަމެއް ވެދެއްވާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ.

your imageމަޑަވެއްޔަށް އިއްޔެ އުދައަރަނީ

މަޑަވެއްޔަށް އެރި އުދާގައި އެންމެ ބޮޑަށް އަސަރުކޮށްފައިވަނީ ރަށުގެ ދެކުނު ފަރާތަށެވެ. ނެޝެނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ރޭ ބުނި ގޮތުގައި މަޑަވެލީގެ 98 އިންސައްތަ ގޭގެއަށް ލޮނު ވަދެ، އެކި ވަރުގެ ގެއްލުންތައް ވަނީ ލިބިފަ އެވެ.

އަދި ބައެއް ގެތަކުން މީހުން ވަގުތީ ހިޔާތަކަށްވެސް ވަނީ ބަދަލުކޮށްފަ އެވެ.

އިއްޔެ އުދައިގައި ރާއްޖޭގެ އަށް އަތޮޅެއްގެ 20އަށް ވުރެ ގިނަ ރަށްރަށަށް ގެއްލުން ލިބުނުއިރު އެންމެ ބޮޑު ގެއްލުންތަކެއް ލިބިފައިވަނީ މަޑަވަލީގެ އިތުރުން ތ. އަތޮޅާއި، އައްޑޫސިޓީގެ ރަށްރަަށަށެވެ.

0%
ކަމުގޮސްފި
20%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
80%
ވަރަށް ސަލާމް
ކޮމެންޓްސް