ads
އެމްއެންޑީއެފުގެ ކޯސްޓުގާޑުން ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން
137 މީހުންނާއިއެކު ދަތުރުކުރަމުންދިޔަ ބޯޓެއް ދިޔަވާން ފަށައިފި
މާލެއިން ފުރައިގެން 137 މީހުންނާއިއެކު ދަތުރުކުރަމުންދިޔަ ބޯޓެއް ދިޔަވާން ފަށައިފި އެވެ.

ދިޔަވާން ފަށާފައިވަނީ، މާލެއިން ފުރައިގެން 137 މީހުންނާއެކު ރ.ދުވާފަރަށް ދަތުރުކުރަމުންދިޔަ 85 ފޫޓުގެ "ސަމަންދަރު" ނަމަކަށް ކިޔާ ބޯޓެކެވެ.

އެ ބޯޓުދިޔަވަމުންދަނީ، ބ.އޭދަފުށީން 10 ނޯޓިކަލް މޭލު ބޭރުން ނެވެ.

އެ މައުލޫމާތު ލިބިގެން އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް ކޯސްޓްގާޑު ފަސްޓް ސްކޮޑްރަންއިން މިހާރު ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން ނެވެ.

މި ދުވަސްވަރަކީ މޫސް ވަރަށް ބޮޑަށް ގޯސް ދުވަސްވަރަކަށް ވުމުން މެޓުންނާއި، އެމްއެންޑީއެފުން ވެެސް މީގެ ކުރިން ވަނީ މިދުވަސްވަރު ދަތުރުކުރުން ރައްކާތެރި ނޫންކަމަށް ބުނެފަ އެވެ.

އަދި ކޮންމެހެން ކުރަންޖެހޭ ދަތުރެއް ނޫނީ ނުކުރުމަށް ވެސް ދަނީ އިލްތިމާސްކުރަމުން ނެވެ. ނަމަވެސް ސްކޫލު ބަންދު އަދި ބޮޑު އީދު ޗުއްްޓީއާއި ދިމާކޮށް ވަރަށް ގިނަ މީހުން ދަނީ އެކި ތަންތަނަށް ދަތުރުކުރަމުން ނެވެ.

ރޭ ވެސް ވަނީ މާލެއިން ގިނަ އަދަދެއްގެ ބޯޓު ފުރާފަ އެވެ.

6%
ކަމުގޮސްފި
17%
އަޑުއެހިތާ މިހުރީ
69%
ސަތޭކައަކުން ސުމެއް
9%
ވަރަށް ސަލާމް
ކޮމެންޓްސް