ކުރީގެ އޯޑިއޯން ސިނަމާ އަދި ނާދީ ހުރި ބިމުގައި ޓާޓާ އިން އިމާރާތް ކުރާ ފުލެޓްތައް ވިއްކުމަށް އިއުލާން ކޮށްފައި ވާއިރު، އޭގެ ތެރޭގައި ހިމެނެނީ އެއް ކޮޓަރި އާއި ތިން ކޮޓަރީގެ އެޕާޓްމަންޓްތަކެކެވެ.
އެ ފުލެޓުތައް ވިއްކަން އިއުލާން ކޮށްފައި ވާއިރު، ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ހުއްޓިފައި އޮތުމަށް ފަހު އެ ދެ ބިމުގައި ފުލެޓު އެޅުމުގެ މަސައްކަތް އަލުން ފަށާފައި ވަނީ މިދިޔަ ހަފްތާގެ ތެރޭގަ އެވެ.
"ލަގްޒަވަން- އޯޑިއޯން" ގެ ނަމުން ނަންދީފައި ވާ މި ފުލެޓުތައް ގަންނަން ބޭނުންވާ ފަރާތްތަކުން ފުރަތަމަ ޑައުން ޕޭމަންޓުގެ ގޮތުގައި މަދުވެގެން 100،000 ރުފިޔާ ދައްކަން ޖެހޭ އިރު، ބާކީ ފައިސާ ދައްކަން ޖެހޭނީ، އެ ފުލެޓުތަކުގެ މަސައްކަތް ކުރިއަށް ދާ ގޮތައް ބަހައިލައިގެންނެވެ.
ފުލެޓުތަކުގެ އަގާއި ބޮޑުމިން:
ޓާޓާ ކުންފުނިން މައުލުމާތު ދޭގޮތުގައި މި ފުލެޓުތައް އަޅާ ނިމޭނީ، 2025 ވަނަ އަހަރުގެ މާޗް މަހުގެ ނިޔަލަށެވެ. މި ފުލެޓުތައް އަޅާ ނިމޭ އިރު ހުރިހާ އެޕާޓްމަންޓެއްގައި ހުރިހާ ފަރުނީޗަރުތަކެއް ހުންނާނެ ކަމަށާއި، އިމާރާތުގައި ލިފްޓުވެސް ހަރުކޮށްފައި ހުންނާނެ ކަމަށް އެކުންފުނިން ވަނީ ބުނެފަ އެވެ.