ads
ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު-
މާލޭ ރަށްވެހިންނަށް ދޫކުރާ 5000 ގޯތި ވިއްކައިގެން ލިބޭ އަގު ބަލައިދިނުމަށް އެދިފި
މާލޭ ރައްޔިތުންނަށް ހިލޭ ގޯތި ދޫކުރުމަކީ ދައުލަތަށާއި ރަށްޔިތުންނަށްވެސް ލިބިގެންދާނެ ވަރަށްބޮޑު ގެއްލުމެއް ކަމުގައި ފާހަގަކޮށް 5000 ގޯތި ވިއްކައިގެން ދައުލަތައް ލިބެނީ ކިހާވަރެއްގެ އާންމަދަނީއެއްތޯ ބަލައިދިނުމަށް އެދި ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު މަޖިލީހުގެ އިދާރާ އަށް ސިޓީއެއް ފޮނުވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އެޑްރެސްކޮށް ފޮނުވާފައިވާ ސިޓީގައި ބުނެފައިވަނީ މާލެ ސަރަހައްދުން 5000 ގޯތި ދޫކުރާއިރު އެއީ އަކަފޫޓަކުން ނަމަ މަދުވެގެން ހަ މިލިއަން އަކަފޫޓު ކަމަށެވެ. އަދި އަކަފޫޓެއްގެ އަގު މަދުވެގެން 8000 ރުފިޔާ އަށް ބަލާނަމަ އެއީ މަދުވެގެން 48 ބިލިއަން ރުފިޔާ ކަމަށެވެ. 

މާލޭގެ ރައްޔިތުންނަށް ހާއްސަކޮށްގެން ހުޅުމާލޭ ދެވަނަ ފިޔަވަހިން 60 ގޯތި ވިއްކުމަށް އެޗްޑީސީން އިއުލާނު ކުރުމުން ބޮޑު ތަރުހީބެއް ލިބިގެން ދިޔަ ކަމަށާއި، އެހެން ކަމުން މި 5000 ގޯތިވެސް ވިއްކައިގެން ދައުލަތަށް އަންދާޒާ ގޮތެއްގައި ލިބޭނީ ކިހާވަރެއްތޯ ބަލައިދިނުމަށް އެދޭ ކަމަށެވެ.

ސިޓީގައި ބުނެފައިވަނީ 48 ބިލިއަން ރުފިޔާ އަކީ ދައުލަތުގެ މަދުވެގެން ދެ އަހަރު ދުވަހުގެ އާންމުދަނީ ކަމަށާއި، ދައުލަތުގެ ދަރަނި 100 ބިލިއަނަށް އަރައި ދަރަނި ނުދެއްކޭނެ ކަމުގެ ބަހުސް އިންތިހާ އަށް ބޮޑުވެފައިވާ ހާލަތެއްގައި ހަތަރު ލައްކައެއްހާ މީހުންގެ އާބާދީގެ ތެރެއިން ފަސް ހާސް އާއިލާއަކަށް 48 ބިލިއަން ރުފިޔާގެ ބިން ހިލޭ ދިނުމަކީ ބޮޑު ބޭއިންސާފެއް ކަމުގައި ދެކޭ ކަމަށެވެ. 

އަދި މިއީ ބޯހިޔާވަހުކަމަށް އެންމެ ބޮޑަށް ޖެހިފައިވާ، ފައިސާ ދައްކާ ގޮތައް ހިޔާ ފްލެޓް ލިބިފައިވާ ފަރާތްތަކަށް ކުރެވޭ މަލާމާތަކަށް ނޫނީ ނުވާނެ ކަމަށް ދެކޭ ކަމަށެވެ. އަދި މި ބިންތައް 5000 އާއިލާއަށް އިންސާފުވެރި ކަމާއެކު ބެހިދާނެ ކަމަށްވެސް ނުދެކޭ ކަމަށެވެ.

60%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
20%
ސަތޭކައަކުން ސުމެއް
20%
ވަރަށް ސަލާމް
ކޮމެންޓްސް