ads
ސުނިލް ޝެޓީގެ ފުރަތަމަ ވެބް ސީރީޒް
ސުނިލް ޝެޓީގެ ފުރަތަމަ ވެބް ސީރީޒް "ދަރާވީ ބޭންކް" ބޮލީވުޑަށް
ބޮލީވުޑްގެ މަގުބޫލުކަން ހޯދާފައިވާ މަޝްހޫރު ފިލްމީ ތަރި ސުނިލް ޝެޓީގެ ފުރަތަމަ ވެބް ސީރީޒް "ދަރާވީ ބޭންކް" ގައި އޭނަ ފެންނާނެ ގޮތް ބެލުންތެރިންނަށް ދައްކާލައިފި އެވެ.

އިންޑިޔާގެ ބޮލީވުޑުގެ ހަބަރުތައް ގެނެސްދޭ ނޫސްތަކުގައި ވަނީ ސުނިސް ޝެޓީ މި ސީރީޒް ގައި ފެންނާނެ ގޮތުގެ ފޮތޯޓައް ހިމަނާފަ އެވެ. 

އުމުރުން ފަސް ދޮޅަސް އަހަރު ފުރިފައިވާ ސުނިލް ޝެޓީ އަކީ ބޮލީވުޑުގެ ތަފާތު ފިލްމު ތަކުގައި ލިސްޓުގެ އެންމެ ކުރިން ޖާގަ ހޯދާފައިވާ ކުޅަދާނަ ބަތޮލެކެވެ. 

ސުނިލް ޝެޓީގެ ފުރަތަމަ ވެބް ސީރީޒް "ދަރާވީ ބޭންކް" ގައި އޭނާ ފެނިގެންދާނީ ނުފޫޒުގަދަ ކެރެކްޓާ އަކުންނެވެ. ކެރެކްޓާގެ ނަމަކީ "ތަލައިވާ" އެވެ. 

your imageސުނިލް ޝެޓީ...

އެމްއެމްސް ޕްލޭޔާ އަށް ގެނެސްދޭން ތައްޔާރުވަމުން އަންނަ "ދަރާވީ ބޭންކް" އަކީ ރިވެންޖް ކްރައިމް ޑްރާމާއެކެވެ. މީގެ ކާސްޓްގައި ވިވެކް އޮބެރޯއީ އާއި ސޮނާލީ ކުލްކަރްނީ ވެސް ހިމެނެ އެވެ. ޓީޒާއެއް ވެސް އަދި ދައްކައިނުލާ ސީރީޒް ޑައިރެކްޓްކޮށްފައި ވަނީ ސަމިތު ކައްކަޅް އެވެ.

your imageސުނި ޝެޓީ...

ގިނަ ދުވަސްތަކެއް ވަންދެން ފިލްމު އިންޑަސްޓްރީގައި ފިލްމުތަކުން ނުފެނުނު ކަމުގަިއވިނަމަވެސް އޭނާ ވަނީ ފިލްތުތައް އުފައްދައި ޕްރޮޑިއުސް ކުރުމުގައި ކާމިޔާބު މަސައްކަތްތަކެއް ކޮށްފަ އެވެ. 

ސުނިލް އެންމެ ފަހުން ބޮޑު ސްކްރީނުން ފެނިފައި ވަނީ މި އަހަރުގެ އެޕްރީލްގައި ރިލީޒްކުރި ތެލެގޫ ސްޕޯޓްސް ޑްރާމާ "ގަނީ" ގެ ރޯލަކުންނެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް