ads
ނޮޅިވަރަމް ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ނަޝީދު
އެއްވެސް މީހަކީ ފާފަތައް ނުކުރާ މީހެއް ނޫން: ކާނަލް ނަޝީދު
އެއްވެސް މީހަކީ ފާފަތައް ނުކުރާ މީހެއް ނޫން ކަަމަށާއި ކަނޑުގެ ފޮނުގަނޑަށްވުރެ ފާފަ ގިނަވިއަސް އެކަލާނގެ އިރާދަކުރައްވައިފިނަމަ ފާފަތައް ފުއްސަވާދެއްވާނެ ކަމަށް ނޮޅިވަރަމް ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ނަޝީދު (ކާނަލް) ވިދާޅުވެއްޖެ އެވެ.
Advertisement

ކާނަލް މިފަދައިން ވިދާޅުވެފައި މިވަނީ، ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އަލަމްގިރި އާއި އެކު އެއްޖިންސުން ގުޅުން ހިންގަން ކޮޓަރިއަކަށް ވަދެއުޅޭ ވީޑިއޯތަކެއް ދައުރުވަމުން އަންނަ ދަނޑިވަޅެއްގަ އެވެ. 

މީގެ ކުރިން އަލަމްގިރި އާއި ކާނަލް އެއް ކޮޓަރިއެއް ތެރޭ ހުރި ފޮޓޯތަކެއް ވަނީ ދައުރުވެފަ އެވެ. އެކަމާއި ގުޅިގެން ކާނަލް އޭރު ވަނީ ފޮޓޯ ތަކުން ފެންނަނީ އޭނާ ކަމަށާއި، އެހެން ނަމަވެސް އެއްޖިންސުން ގުޅުން ހިންގާފައި ނުވާނެ ކަމަށް ބުނެފަ އެވެ. އަދި އެ ކޮޓަރިއަށް ދިޔަ ކަމަށްވެސް ކާނަލް ވަނީ އެއްބަސްވެފަ އެވެ. 

އެހެން ނަމަވެސް ފަހުން އަލަމްގިރި އާއި ކާނަލް ބައްދަލުކުރާ ކަމަށް ފެންނަ ވީޑިއޯއެއް ވަނީ ލީކުކޮށްލާފަ އެވެ. އެ ވީޑިއޯ އިން ފެންނަ ގޮތުގައި އަލަމްގިރި ހުރީ ހަމައެކަނި ޖަންގިޔާކޮޅުގަ އެވެ. 

މިކަމާއި ގުޅިގެން ގިނަބައެއްގެ ފާޑުކިޔުން ކާނަލްއަށް އަމާޒުވެފައި ވަނިކޮށް ކާނަލް މިއަދު އޭނާގެ ފޭސްބުކްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ، އެއްވެސް މީހަކީ ފާފަތައް ނުކުރާ މީހެއް ނޫން ކަަމަށާއި ކަނޑުގެ ފޮނުގަނޑަށްވުރެ ފާފަ ގިނަވިއަސް އެކަލާނގެ ފުއްސަވާދެއްވާނެ ކަމަށެވެ. އަދި އޭނާއަށް ފުރައްސާރަކުރާ މީހުންގެ ފަތިފުށް ބަލައިފިނަމަ އެމީހުންގެ މާ ގިނަ ފާފަތައް ހުންނާނެ ކަމަށް ކާނަލް ވިދާޅުވި އެވެ. 

މީގެ އިތުރުން ކާނަލް ގެ ޕޯސްޓުގައި ވަނީ، ވީޑިއޯ ތަކުން ފެންނަނީ އޭނާ ނޫން ކަމަށް ބުނެފަ އެވެ. އަދި ކިތައްމެ ބިރެއް ދެއްކިޔަސް ފައިސާ ނުދޭނެ ކަމަށްވެސް ވަނީ ބުނެފަ އެވެ. 

"މުޅި ހަޔާތް މި ހޭދަކުރީ މީހުންގެ ކަންކަން ކޮށް ދިނުމުގައި. މިއަދު އަޅުގަނޑަކީ ވަލުޖަނަވާރެއްގެ ގޮތަށް ބަޔަކު ސިފަ ކުރަން އުޅުނަސް އެކަން ނުވާނެ. އަޅުގަނޑު ކެތްތެރިކަން ހޯދަނީ ނަމާދުން،" ކާނަލް ގެ ޕޯސްޓުގައިވަނީ ބުނެފަ އެވެ.

މީގެ އިތުރުން ކާނަލް ބުނީ، އޭނާ އަށް ކުރިމަތިވެފައިވާ އިމްތިހާނަށް ކެތް ކުރާނެ ކަމަށާއި، އޭނާ ކެތްތެރިކަން ހޯދަނީ ނަމާދުން ކަމަށެވެ. 

ފަހުން ލީކުވެފައިވާ ވީޑިއޯ އެއްގައި އަލަމްގިރި އާއި އެކު އެނދުމަތިން ފެންނަނީ ކާނަލް ކަމަށް ބައެއް ފަރާތްތަކުން ބުނި ނަމަވެސް އެ ވީޑިއޯއިން އެއީ ކާކުކަމެއް ސާފެއް ނުވެ އެވެ. 

54%
ކަމުގޮސްފި
19%
އަޑުއެހިތާ މިހުރީ
15%
ސަތޭކައަކުން ސުމެއް
12%
ވަރަށް ސަލާމް
ކޮމެންޓްސް