ads
އަބުދުﷲ ރިޔާޒް މަޖިލީހުގެ ކޮމެޓީ ބައްދަލުވުމެއްގައި...
ސިޔާސީ ޕާޓީތަކަށް ފައިސާ ދޫކުރުމަކީ އިސްރާފެއް: އެމްއެންޕީ
ސިޔާސީ ޕާޓީތަކަށް ފައިސާ ދޫކުރުމަކީ ސަރުާރުން ކުރާ ބޮޑު އިސްރާފެއްކަމަށް މޯލްޑިވްސް ނެޝެނަލް ޕާޓީ (އެމްއެންޕީ)ން ބުނެފި އެވެ.

އިލެކްޝަން ކޮމިޝަނުގެ ދަފްތަރުގައި ޖުމްލަ 11 ސިޔާސީ ޕާޓީއެއްް ރަޖިސްޓްރީކޮށްފައިވެ އެވެ. ނަމަވެސް އޭގެ ތެރެއިން ފައިސާ ލިބެނީ ޖުމްލަ ހަތަރު ޕާޓީއަކަށެވެ. އެމްއެންޕީ އަކީ އަދި ފައިސާ ލިބޭ ޕާޓީއެއް ނޫނެވެ.

އެމްއެންޕީގެ ނައިބްރައީސް ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެންބަރު އަބުދުﷲ ރިޔާޒް ވިދާޅުވީ ސިޔާސީ ޕާޓީތަކަށް ސަރުކާރުން ހޭދަކުރާ ފައިސާ އަކީ ބޮޑު އިސްރާފެއް ކަމަށް އެޕާޓީން ދެކޭ ކަމަށެވެ. 

ރިޔާޒް ވިދާޅުވީ ދައުލަތުގެ ބަޖެޓުން ކުރާ މިފަދަ އިސްރާފުތައް ހުއްޓާލަންޖެހޭ ކަމަށެވެ. އަދި ފަންޑްރައިސް ކޮށްގެން ސިޔާސީ ޕާޓީތައް ހިންގެންޖެހޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. 

"އެމްއެންޕީން ދެކޭ ގޮތުގައި ފަންޑްރައިސް ކޮށްގެން ސިޔާސީ ޕާޓީތައް ހިންގެންވާނެ. ދައުލަތުގެ ބަޖެޓުން ކުރާ އިސްރާފުތައް ހުއްޓާލަންޖެހޭ." ރިޔާޒް ވިދާޅުވި އެވެ.

އިލެކްޝަން ކޮމިޝަނުގެ ރައީސް ފުއާދު ތައުފީގު މިއަދު ވިދާޅުވީ ސިޔާސީ ޕާޓީތަކުގެ ގާނޫނަށް ބަދަލު ގެންނަން ބަންޑާރަ ނައިބުގެ އޮފީހާއި މިހާރު މަޝްވަރާ ކުރައްވަމުން އަންނަ ކަމަށެވެ.  

ފުއާދު ވިދާޅުވީ ސިޔާސީ ޕާޓީތަކަށް ފައިސާދޭ އުސޫލަށް ބަދަލުގެންނަން މަސައްކަތް ކުރައްވަމުން އަންނަ ކަމަށެވެ. 

އެގޮތުން ޕާޓީތަކަށް ފައިސާ ދޭ އުސޫލުގެ ތެރެއިން ވިހި ޕަސެންޓް ފައިސާ ޕާޓީތަކަށް ދިނުމަށް މަޝްވަރާ ކުރަމުންދާ ކަމަށާއި، ނުވަތަ ފައިސާ ދިނުން ހުއްޓާލުމަށްވެސް މަޝްވަރާ ކުރަމުންދާ ކަމަށެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް