ads
ލަންކާގެ ރައީސް ގޮޓަބަޔާ ރާޖަޕަކްސަ
ގައުމު ދޫކޮށް ފިލަން އުޅެނިކޮށް ލަންކާގެ ރައީސް ގޮޓަބަޔާ ހިފަހައްޓައިފި
ލަންކާގެ ރައީސް ކަމުން އިސްތިއުފާ ދިނުމަށް ނިންމާފައިވާ އެގައުމުގެ ރައީސް، ގޮޓަބަޔާ ރާޖަޕަކްސަ ގައުމު ދޫކޮށް ދާން އުޅެނިކޮށް އެއާޕޯޓުން ހިފަހައްޓައިފި އެވެ.
Advertisement

ލަންކާގެ އިމިގްރޭޝަން އޮފިސަރުންނާއި ހަވާލާދީ އޭއެފްޕީގައި ބުނެފައިވަނީ، ގޮޓަބަޔާ އަދި އެމަނިކުފާނުގެ އަނބިކަނބަލުން މިއަދު ލަންކާ ދޫކޮށް ފުރަން މަސައްކަތް ކުރަނިކޮށް އެއާޕޯޓުގެ އޮފިސަރުންނާއި އިމިގްރޭޝަން އޮފިސަރުން ވަނީ ދެ ބޭފުޅުން ހިފަހައްޓާފައި ކަމަށެވެ. 

އަދި އެ ދެބޭފުޅުންނަށް އެއާޕޯޓްގެ ވީއައިޕީއިން ހިދުމަށް ދިނުމަށްވެސް އެއާޕޯޓުގެ މުވައްޒަފުން ދެކޮޅު ހެދި ކަމަށް އޭއެފްޕީގައި ވަނީ ބުނެފަ އެވެ. 

ލަންކާގެ ރައީސް އާއި އެމަނިކުފާނުގެ އަނބިކަނބަލުން ގައުމު ދޫކޮށް ފުރާވަޑައިގަންނަވަން މަސައްކަތް ކުރި ކަމަށްބުނެ ހިފެހެއްޓީ، ބަންޑާރަނައިކަ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ. އެ ދެބޭފުޅުން ރޭ ހޭދަ ކުރެއްވީ، އެގައުމުގެ އަސްކަރީ މަރުކަޒެއްގައި ކަމަށްވެސް އެގައުމުގެ ނޫސްތަކުގައި ވަނީ ބުނެފަ އެވެ. 

ލަންކާގެ ރައީސް ގައުމު ދޫކޮށް ދިއުމަށް މަސައްކަތް ކުރެއްވި އިރު، އެމަނިކުފާނުގެ މައްޗަށް ވަނީ ބޮޑެތި ކޮރަޕްޝަންގެ ތުހުމަތުތައް ކޮށްފަ އެވެ. ރައީސް ގޮޓަބަޔާ ހައްޔަރު ކުރުމަށް ބައެއް ފަރާތްތަކުން ގޮވާލަމުން ދާއިރު، އެގައުމުގެ ނޫސްތަކުގައި ވާގޮތުން މަގާމުން އިސްތިއުފާ ދިނުމާއި އެކު ކަމާއި ބެހޭ އިދާރާތަކުން ރައީސް ގޮޓަބަޔާ ހައްޔަރު ކުރާނެ ކަމަށްވަނީ ބެލެވިފަ އެވެ. 

ރައީސް ގޮޓަބަޔާ އަދި އެމަނިކުފާނުގެ އަނބިކަނބަލުން ފުރުން ހުއްޓުވާފައި ވާއިރު، އެ ދެބޭފުޅުން މިވަގުތު ތިއްބެވީ ކޮންތާކު ކަމެއް އެއްވެސް ފަރާތަކަށް ނޭނގޭ ކަމަށްވެސް ވަނީ ނޫސްތަކުގައި ރިޕޯޓް ކޮށްފަ އެވެ. 

73%
ކަމުގޮސްފި
8%
އަޑުއެހިތާ މިހުރީ
15%
ސަތޭކައަކުން ސުމެއް
5%
ވަރަށް ސަލާމް
ކޮމެންޓްސް