ads
ޕީއެމް އޮފީސް ދަށަށް ގިނަ ބަޔަކު ދަނީ އެއްވަމުން
ގޮޓަބަޔާ އަބުރާ ފޮނުވާލުމަށް ގޮވާލާ ލަންކާގަ އެއްވަނީ، ކުއްލި ހާލަތު އިއުލާންކޮށްފި
އިސްތިއުފާ ދެއްވާނެކަމަށް ވިދާޅުވުމަށްފަހު، އިއްޔެ ގައުމުދޫކޮށް ފުރަން މަސައްކަތްކުރަނިކޮށް އެގައުމުގެ އެއާޕޯޓުން ހުއްޓުވި ރައީސް ގޮޓަބަޔާ ފިއްލަވައިގެން ރާއްޖެ އައި މައްސަލާގައި ލަންކާގެ ރައްޔިތުން އަލުން މުޒާހަރާ ކުރަން ފަށައިފި އެވެ. މިމުޒާހަރާތަކާއި ގުޅިގެން އެގައުމުގެ ބައެއް ހިސާބުތަކުގައި ކާފިއު އާއެކު، ކުއްލި ހާލަތު އިއުލާންކޮށްފި އެވެ.
Advertisement

ގޮޓަބަޔާ ފިއްލެވުމާއި ގުޅިގެން މިވަގުތު ގައުމު ހިންގެވުމާއި ވަގުތީ ގޮތުން ހަވާލުވެގެން ހުންނެވީ އިސްތިއުފާ ދެއްވާނެ ކަމަށް ވިދާޅުވެފަވާ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ އެވެ. 

ލަންކާގެ ވެރިކަން ކުރާ ރަށް ކޮލަމްބޯގައި މިދިޔަ ހޮނިހިރު ދުވަހު ބޭއްވި  ބޮޑު މުޒާހަރާގައި ރިޔާސީ ގަނޑުވަރު ވަނީ ރައްޔިތުންގެ ކޮންޓްރޯލުގެ ދަށަށް ގެނެސްފަ އެވެ. އަދި ރަނިލްގެ ގެކޮޅުގައި ހުޅުޖަހައި އަންދާލާފަވެއެވެ. މި ހަމަނުޖެހުންތަކާއިއެކު ރަނިލްވެސް އަދި ރައީސް ގޮޓަބަޔާވެސް އެދުވަހު ވަނީ އިސްތިއުފާ ދެއްވަން ތައްޔާރަށް ހުންނެވި ކަމަށް ބުނެފަ އެެވެ. 

ނަމަވެސް އެދުވަހު ގޮޓަބަޔާ ވިދާޅުވީ އިސްތިއުފާ ދެއްވާނީ ޖުލައި 13 ވަނަ ދުވަހު ކަމަށެވެ. އިސްތިއުފާ ދެއްވަން އެއްދުވަހަށް ވެފަވަނިކޮށް ގައުމުދޫކޮށް ފިއްލަވަން އުޅުން ކަމަށް ބުނެ ލަންކާގެ އެއާޕޯޓުން ހިފަހައްޓާފަވަނިކޮށް، ގޮޓަބަޔާ ވަނީ އަސްކަރީ ޖެޓެއްގައި ރާއްޖެ އައިސް ހިމާޔަތް ހޯދާފަ އެވެ. މިއަދު އިސްތިއުފާ ދެއްވަންވެފަވަނިކޮށް ފިއްލެވުމުން، މިހާރު ލަންކާގެ ރައްޔިތުން ދަނީ ބޮޑުވަޒީރުގެ އޮފީސް ދަށަށް އެއްވަމުން ނެވެ. 

މުޒާހަރާގެ ބައިވެރިން ގޮވާލަމުން ދަނީ ފިއްލަވައިގެން ހުންނެވި ރައީސް ގޮޓަބަޔާ ވަގުތުން ވަގުތަށް އިސްތިއުފާ ދެއްވުމަށާއި، އަބުރާ ލަންކާ އަށް ފޮނުވުމަށެވެ. 

އެންޑީޓީވީއަށް މައުލޫމާތު ދެމުން ސަރުކާރާ ދެކޮޅު މުޒާހަރާގެ ބައިވެރިން ބުނެފަވަނީ ރައްޔިތުންގެ މަޖިލީހުގެ ދަށުގައި ކުރަމުންދާ މުޒާހަރާ ރައީސް އިސްތިއުފާ ދެއްވަންދެން ކުރިއަށް ގެންދާނެ ކަމަށެވެ. އަދި ބޮޑުވަޒީރު ރަނިލް އިސްތިއުފާ ދެއްވުމަށް ވެސް ދަނީ ޑިމާންޑު ކުރަމުން ނެވެ.

"ސީއެންއެންއެން" އިން ލަންކާގެ އިސް ސެކިއުރިޓީ އޮފިޝަލަކާ ހަވާލާދީ ރިޕޯޓުކޮށްފަވާ ގޮތުން ރާއްޖޭގައި ގޮޓަބަޔާގެ އަސްކަރީ ޖެޓު ޖެއްސުމުގެ ހުއްދަ ނުދީވަނިކޮށް، އެ ހުއްދަ ދިނުމަށް އަންގާފަވަނީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެވެ. 

މިކަމާއި ބެހޭގޮތުން މިހާތަނަށް ނަޝީދުގެ ރަސްމީ ބަހެއް ނުލިބެއެވެ.

50%
ކަމުގޮސްފި
13%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
38%
ވަރަށް ސަލާމް
ކޮމެންޓްސް