ads
އެމްޑީ އަލޮމްގިރު..
އަލަމްގިރް ހައްޔަރުކުރީ އެއްޖިންސުން ގުޅުން ހިންގައި، ބަޔަކު ބްލެކްމެއިލް ކޮށްގެން: ޕޮލިސް
ބަނގުލަދޭޝްގެ ރައްޔިތެއް ކަމަށްވާ އެމްޑީ އަލަމްގިރު ހައްޔަރުކޮށްފައިވަނީ ގިނަ ބަޔަކާއެކު އެއްޖިންސުން ގުޅުން ހިންގައި ވަރަށް ގިނަ އަދަދެއްގެ ބަޔަކު ބްލެކްމެއިލްކޮށްގެން ކަމަށް ފުލުހުން ބުނެފި އެވެ.
Advertisement

ފުލުހުން އަލަމްގިރް ހައްޔަރު ކޮށްފައިވަނީ މިދިޔަ އަންގާރަ ވަނަ ދުވަހުގެ މެންދުރު ފަހު 15:00 ހާއިރު މާފަންނުގައި ހުރި ގެސްޓު ހައުސް އެއްގެ ތެރެއިން ނެވެ. 

އަލަމްގިރި ހައްޔަރުކުރުމަށްފަހު މިއަދާއި ހަމައަށްވެސް ފުލުހުން ވަކި އެއްޗެއް ބުނެފައިނުވާއިރު "ސީއެންއެމް" އަށް ފުލުހުން މިއަދު ބުނީ އޭނާ ހައްޔަރު ކޮށްފައިވަނީ ގިނަ ބަޔަކު ބްލެކްމެއިލް ކުރި މައްސަލަ އަކާއި، އެއްޖިންސުން ގުޅުން ހިންގި މައްސަލަ އާއި ގުޅިގެން ކޯޓުއަމުރެއްގެ ދަށުން ކަމަށެވެ. 

"ގިނަ އަދަދެއްގެ ބަޔަކު ބްލެކްމެއިލް ކުރި މައްސަލަ އާއި، އެއްޖިންސުން ގުޅުން ހިންގި މައްސަލަ އާއި ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ޖުލައި 12 ވަނަ ދުވަހު ވަނީ ހައްޔަރުކޮށްފައި. މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުން." ފުލުހުންގެ މީޑިޔާ އޮފިޝަލް ސީއެންއެމްއަށް ވިދާޅުވި އެވެ.

އަލަމްގިރު ހައްޔަރު ކުރުމަށްފަހު ކްރިމިނަލް ކޯޓުން ވަނީ އޭނާގެ ބަންދަށް ފަސް ދުވަސް ޖަހައިދީފަ އެވެ. 

އަލަމްގިރް ހައްޔަރު ކުރި ނަމަވެސް، އޭނާއާއި އެކު އެއްޖިންސުން ގުޅުން ހިންގި އިތުރު މީހަކު އަދި މިހާތަނަށް ހައްޔަރުކޮށްފައި ނުވެ އެވެ. އަދި މިހާތަނަށް ފެންމަތިވެފައިވާ ވީޑިއޯތަކުގައި އެއް ޖިންސުން ގުޅުން ހިންގާތީ ފެންނަ އެއްވެސް މީހަކުވެސް އަދި ހައްޔަރެއް ނުކުރެ އެވެ.

އަލްމްގިރާއެކު ބައެއް ދިވެހިން އެއްޖިންސުން ގުޅުން ހިންގާ ވީޑިއޯ ތައް ލީކުވެފައި ވާއިރު، އެ ވީޑިއޯ ތަކުގައި ގާނޫނީ ވަކީލު ނާޒިމް އަބްދުލްސައްތާރާއި ނޮޅިވަރަމް ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ނަޝީދު (ކާނަލް) ފެނެ އެވެ. ނަމަވެސް އެ ވީޑިއޯގައި ކާނަލް ގުޅުން ހިންގާ މަންޒަރެއް ނުފެނެ އެވެ. ކާނަލް ވިދާޅުވީ އޭނާ އެތަނަށް ވަނީ "ބިޒްނަސް މީޓިންއަކަށް" ކަމަށެވެ.

އަދި އަލަމްގިރު އާއި އެކު އެއްޖިންސުން ގުޅުން ހިންގާ ވީޑިއޯ ތަކުގެ ތެރޭގައި ފުލުހުންގެ ޑްރަގް އެންފޯސްމެންޓް ޑިޕާންޓްމެންޓުގައި މަސައްކަތް ކުރާ އޮފިސަރެއްގެ ވީޑިއޯ ވެސް ވަނީ ދާދިފަހުން ލީކު ވެފަ އެވެ. އެ މައްސަލަ އާއި ގުޅިގެން އޭނާ މިވަގުތު ހުރީ މުސާރަ ނުހިނގާ ގޮތަށް ސަސްޕެންޑް ކޮށްފައި ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. ނަމަވެސް ހައްޔަރެއް ނުކުރެ އެވެ.

މީގެ އިތުރުން ކުރީގެ ނޫސްވެރިއެއް ކަަމަށް ބުނާ މީހެއްގެ ވީޑިއޯއަކާއި، ޓިކްޓޮކުން މަޝްހޫރުވި މަރިޔަމް ޝިފާޒާ(ޝިފާ) އެއްޖިންސުން ގުޅުން ހިންގާތީ ފެންނަ ވީޑިއޯތަކެއްވެސް ވަނީ ލީކުވެފަ އެވެ. މިއީ އެޑިޓެއްކަމަށް ޝިފާ ބުނެއެވެ. އެކަމާއި ގުޅިގެން އޭނާ ހައްޔަރުކޮށްފަ އެއްވެސް ނުވެ އެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް