ads
ގޮޓަބަޔާ ވިޔަފާރި ކުރައްވަނިކޮށް ނަގާފައިވާ ފޮޓޯ
ފިއްލަވައިގެން އުޅުއްވާ ގޮޓަބަޔާ ފެނިއްޖެ، ހުންނެވީ އަނބިކަނބަލުންނާއެކު ޝޮޕިންގައި
އިސްތިއުފާ ނުދެއްވާ ގައުމުން ފިއްލަވައިގެން އުޅުއްވުމަށް ފަހު، ރޭ އިސްތިއުފާ ދެއްވި ސްރީލަންކާގެ ރައީސް ގޮޓަބަޔާ ރާޖަޕަކްސަ ސިންގަޕޫރު އެއަޕޯޓުގައި ވިޔަފާރި ކުރައްވަން ހުންނަވަނިކޮށް ފެނިއްޖެ އެވެ.
Advertisement

އޭނާ ފެނުނީ އަނބިކަނބަލުން ލޯމާ ރާޖަޕަކްސަ އާއެކު ސިންގަޕޫރުގެ ޗަންގީ އެއާޕޯޓުގައި ޝޮޕިން ކުރައްވަން އުޅުއްވަނިކޮށެވެ. އެއީ ސިންގަޕޫރަށް ވަޑައިގެންތާ ގަޑިއެއްހާއިރު ފަހުން ކަމަށް ބޭރުގެ ނޫސްތަކުގައި ރިޕޯޓުކޮށްފަ ވެއެވެ. 

އެއާޕޯޓުގައި އެވަގުތު ހުރި ދަތުރުވެރިއަކު ނަގާފައިވާ އެމަންޒަރު ފެންނަ ފޮޓޯއެއް މިހާރު ދައުރުވެފައިވާއިރު، ފޮޓޯއިން ފެންނަނީ އަނބިކަނބަލުންނާއެކު، ގޮޓަބަޔާ ހެދުން ވިއްކާ ސްޓޯރެއްގައި އުޅުއްވަނޖކޮށެވެ. ބައެއްް މީހުން ބުނާގޮތުން، ގޮޓަބަޔާ ޝޮޕިން ކުރައްވަނީ، ފަހަރެއްގައި ކުރިއަށް އޮތް ދިގު މުއްދަތަށް، އަދި އެއްވެސް ޤައުމަކުން ހިމާޔަތް ލިބިވަޑައިގެންފައި ނުވާތީ ކަމަށް ވެ އެވެ. 

އިގްތިސާދީ ދަތިކަމެއް ކުރިމަތިވެ، ރައްޔިތުން ރުޅިގަަދަވެފައިވަނިކޮށް، ގައުމުން ފިއްލަވައިގެން ވަޑައިގެންނެވި ގޮޓަބަޔާ އެންމެ ފަހުން އިސްތިއުފާ ދެއްވާފަވަނީ ރާއްޖޭގައި އެއް ދުވަހުގެ ޓްރާންސިޓެއް ހެއްދުމަށް ފަހު، އިއްޔެ ސިންގަޕޫރަށް ވަޑައިގަތުމަށް ފަހު އެވެ. 

ލަންކާއަށް ކުރިމަތިވެފަވާ އިގްތިސާދު ކާރިސާގެ ޒިންމާ ނަންގަވަންޖެހިވަޑައިގަންނަވާ ފަރާތަކީ ރާޖަޕަކްސަ އާއިލާކަމަށް ބުނެ، އެގައުމުގެ ރައްޔިތުން ވަނީ ގޮޓަބަޔާ އިސްތިއުފާ ދެއްވުމަށް އެދި ހަފުތާތަކެއް ވަންދެން ޑިމާންޑްކޮށްފަ އެވެ. އެމަނިކުފާނު އިސްތިއުފާ ދެއްވުމާ ގުޅިގެން ކޮލަމްބޯގެ މަގުތަކުގައި މީހުން އުފާފާޅުކޮށް، ހަވާ އެރުވުންވެސް ވަނީ ކުރިއަށް ގެންގޮސްފަ އެވެ.

ގޮޓަބަޔާ ރާއްޖެއިން ފިއްލަވައިގެން ދިޔައީ އިގްތިސާދީ ދަތިކަމާ ގުޅިގެން އެތައް ސަތޭކަ އަދި އެތައް ހާސް ބަޔަކު ރުޅިއައިސްގެން އޭނާގެ ރަސްމީ ގެކޮޅަށާއި ސަރުކާރުގެ އެހެން އިމާރާތްތަކަށް ވަދެގަތް ވަގުތުގަ އެވެ. ފުރަތަމަ ފިއްލަވައިގެން ރާއްޖެ އައުމަށް ފަހު، އޭގެ ފަހުން ސައުދީ އެއާލައިނެއްގަ އިއްޔެ ސިންގަޕޫރަށް ވަޑައިގެންފަ އެވެ.

ސިންގަޕޫރަށް ވަޑައިގެންވުމުގެ ހުއްދަ ދީފައިވަނީ އަމިއްލަ ދަތުރުފުޅެއްގަ ކަމަށާއި، ހިމާޔަތް ދީފަނުވާނެ ކަމަށް އަދި އެގައުމުގެ ހިމާޔަަތައް އެމަނިކުފާނު އެދިފަ ވެސް ނުވާކަމަށް އިއްޔެ ސިންގަޕޫރުގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައިވެ އެވެ.

އެހެންކަމުން ހިމާޔަތް ހޯދެއްވުމަށް ދާނީ ކޮން ގައުމަކަށް ކަމެއް އަދި ޔަގީނެއް ނުވެއެވެ. ނަމަވެސް ގިނަ ބަޔަކު ގަބޫލުކުރަނީ ގޮޓަބަޔާ ހިމާޔަތް ހޯއްދަވާނީ ސައުދީން ނުވަތަ ޔޫއޭއީން ކަމަށް ވެ އެވެ.

23%
ކަމުގޮސްފި
31%
އަޑުއެހިތާ މިހުރީ
38%
ސަތޭކައަކުން ސުމެއް
8%
ވަރަށް ސަލާމް
ކޮމެންޓްސް