އާދިއްތަ ދުވަހުގެ ރޭ ގްރީންއާ ޔޫވީ ވާދަކުރި މެޗުން ގްރީން މޮޅުވީ ދެ ލަނޑު އެއް ލަނޑުންނެވެ. މި ނަތީޖާއާއެކު ގްރީންވަނީ އަލުން ހަތަރުވަނަ މަގާމަށް އަރާފައެވެ. އެއީ އަށާރަ މެޗުން ސައްބީސް ޕޮއިންޓާއެކުވެ.
މިއީ މި ފަހަރުގެ ލީގުގައި ޔޫވީ އަތުން ގްރީން އަށް ލިބުނު ފުރަތަމަ މޮޅެވެ. ފުރަތަމަ ބުރުގައި ޔޫވީ އަތުން ގްރީން ބަލިވިއިރު ދެވަނަ ބުރުގައި ދެ ޓީމުވީ އެއްވަރެވެ.