ads
ރޭޕް އާއި ދެކޮޅަށް ކުރި މުޒާހަރާ
ފުލުހަކާއި ޓީޗަރަކު ވެގެން އަންހެން ކުއްޖަކު ރޭޕްކުރިކަމަށް ބުނާ މައްސަލަ އަލުން ބަލަނީ
ރ.މަޑުއްވަރީގައި ސްކްލޫ އަންހެން ކުއްޖަކު ރޭޕްކުރި މައްސަލަ އަލުން ރިވިއު ކުރަން ހުށަހަޅާފައިވާ ކަމަށް ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ބުނެފި އެވެ.
Advertisement

މި މައްސަލަ އަކީ މިދިޔަ އަހަރުގެ މާޗް މަހުގެ ތެރޭގައި ހިނގާފައިވާ މައްސަލަ އެކެވެ. މި ކުއްޖާ ރޭޕް ކުރި ކަމުގެ ތުހުމަތު އެރަށުގައި އުޅޭ ފުލުހެއްގެ އިތުރުން ޓީޗަރަކަށް ވަނީ ކޮށްފަ އެވެ.

މަޑުއްވަރީ ސްކޫލުގެ ގުރޭޑް އަށެއްގައި ކިޔަވަމުން އައި އެ ކުއްޖާ ރޭޕް ކޮށްފައިވަނީ ސުކޫލް ކައިރީގައި ހިންގާ ގެސްޓް ހައުސްއަކަށް ގެންގޮސްގެން ކަމަށާއި ކުއްޖާ އެތަނަށް ގެންދިޔައީ ތުހުމަތުކުރެވޭ ޓީޗަރު ކަމަށް ވެސް މަޑުއްވަރީ ބައެއް މީހުން ވަނީ ބުނެފަ އެވެ. 

އެ ކުއްޖާ ރޭޕް ކޮށް ޖިންސީ ގޯނާ ކުރި ކަމުގެ ވާހަކަތައް ފުލުހުންގެ ތަހުގީގުގައި ކިޔައިދީފައިވާ ކަމަށާއި، ޖިންސީ ގޯނާ ކުރިކަމަށް ޑޮކްޓަރުންގެ ރިޕޯޓްވެސް އޮތް ކަމަށް އެ ކުއްޖާގެ އާއިލާއިން ވަނީ ބުނެފަ އެވެ. 

އެހެން ނަމަވެސް ފުލުހުންގެ ތަހުގީގުގައި އެކަށީގެންވާ ވަރަށް ހެކި ނެތުމުން ކަމަށް ބުނެ ކުރިން ވަނީ މި މައްސަލަ ފައިލްކޮށް ދައުވާ ނުކުރަން ނިންމާފަ އެވެ. 

"ސީއެންއެމް" އަށް މައުލޫމާތު ދެއްވަމުން ޕީޖީ އޮފީހުގެ ޕަބްލިކް ޕްރޮސިކިއުޓާ އަހުމަދު ޝަފީއު މިއަދު ވިދާޅުވީ މި މައްސަލަ އަލުން ރިވިއުކޮށް ބަލައިދިނުމަށް އެކުއްޖާގެ އާއިލާއިން އެދިފައިވާ ކަމަށެވެ. އަދި ވިދާޅުވީ މި މައްސަލައިގައި އިތުރު ކަމެއް ފާހަގަކުރެވޭނަމަ ނުވަތަ ދައުވާކުރެވޭ ވަރަށް ހެކި ލިބިއްޖެނަމަ ތުހުމަތު ކުރެވޭ ފަރާތްތަކާއިމެދު ދައުވާވެސް ކުރައްވާނެ ކަމަށެވެ. 

"އަޅުގަނޑުމެންނަށް ލިބުނު ސިޓީއެއް އެކުއްޖާގެ އާއިލާގެ ފަރާތުން. އެކަން ބަލަމުން މިދަނީ. މައްސަލަ އަލުން ރިވިއު ކުރާނަން އަދި ދައުވާ ކުރެވޭ ވަރަށް ހެކި ލިބިއްޖެނަމަ އެފަރާތްތަކާމެދު ދައުވާވެސް ކުރާނަން." ޝަފީއު ވިދާޅުވި އެވެ.

އެ ކުއްޖާ މިހާރު ކިޔަވަމުން އަންނަނީ މާލެ ސްކޫލެއްގަ އެވެ. ޖެންޑާ މިނިސްޓްރީން ދަނީ ކުއްޖާގެ މައްސަަލަ މޮނިޓާކުރަމުންނެވެ. ޖެންޑާއިން ކުއްޖާގެ ބައްޕަ ފޮނުވި ސިޓީއަކަށް ޖަވާބު ދެމުން، އެ މައްސަލާގައި ހިމެނޭ ފަރާތްތަކާއި މެދު ފިޔަވަޅު އެޅުމަށް ކަމާއި ބެހޭ ފަރާތްތަކަށް އަންގާފައި ވާކަމަށް ވަނީ ބުނެފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް