ads
ހެނދުނު 10:00ގެ ކުރިން މަސައްކަތް ފެށުމަކީ ހަށިގަނޑަށް ދެވޭ އަނިޔާއެއް!
ހެނދުނު ހެނދުނާ ތެދުވާހިތް ނުވަނީ ސަބަބެއް ނެތިއެއް ނޫނެވެ. ހަފްތާއަކު ހަތް ދުވަހު ހަ ގަޑި އިރަށް ވުރެ މަދުން ނިދައިފިނަމަ ހަށިގަނޑަށް 700 އެއްހާ ބަދަލު އަންނާނެކަމަށް ސައިންސްވެރިން ބުނެ އެވެ.
Advertisement

ހަމައަށް ނިދި ނުލިބޭނަމަ ތިމާގެ މަސައްކަތުގެ ފެންވަރާއި ހަނދާނުގައި ކަންކަން ހުންނަވަރާއި ކަންކަމަށްދޭ ސަމާލުކަން ކުޑަވާނެ އެވެ. ހަށިގަނޑަށް ބޭނުންވާ ވަރަށް ނިދި ނުލިބުމުގެ ސަބަބުން މީހާ ރުޅިގަދަވުމާއި ހަށިގަނޑު ބަރުވުމާއި ލޭމައްޗަށް ދިއުން އަދި ހިތުގެ ބަލިތައް ޖެހުމަށް މަގުފަހިވެ އެވެ.

ހެނދުނު 10 އެއްގެ ފަހުން މަސައްކަތް ކުރަން ފަށާނަމަ އެކަމަށް އަހަރެމެންގެ ހަށިގަނޑުގެ އިތުރުން ވޮލެޓުވެސް ޝުކުރުވެރިވާނެ އެވެ.

އޮކްސްފޯޑް ޔުނިވާސިޓީގައި ޑރ. ޕައުލް ކެލީ ކުރިއަށް ގެންދިޔަ ދިރާސާއެއް ދައްކާގޮތުން ހެނދުނު 10:00ގެ ކްލާސްތައް ފަށާނަމަ ހަށިގަނޑަށް ލުއިވާނެ އެވެ. އަދި މިއީ ހަށިގަނޑަށް ބޭނުންވާ ފަދަ ރަނގަޅު ބަދަލެއް ކަމަށްވެސް ޑރ. ކެލީގެ ރީސާޗުގައި ބުނެފައިވެއެވެ.

ހަށިގަނޑަށް ލިބޭ އަރާމާއި ހަށިގަނޑުން ކުރެވޭ މަސައްކަތްތައް އެއްވަރު ކުރެވިއްޖެނަމަ ވަރުބަލިވުމާއި ބަލިވުން ފަދަ ކަންތަކުން ދުރުވެ ޑޮކްޓަރަށް ދެއްކުމަށް ހޮސްޕިޓަލްތަކަށް ހޭދަކުރެވޭ ފައިސާ ރައްކާކުރެވޭނެ އެވެ.  

ދެހާސް ފަނަރަ ވަނަ އަހަރު އިނގިރޭސިވިލާތުގެ ބްރެޑްފޯޑްގައި އޮތް "ބްރިޓިޝް ސައިންސް ފެސްޓިވަލް"ގައި ވާހަކަދައްކަމުން ޑރ. ކެލީ ވަނީ މިހާރުގެ މުޖުތަމައުގައި ނިދިން މަހުރޫމްވުން މިވަނީ ވަރަށް އާންމުކަމަކަށް ވެފައި ކަމަށާއި މިއީ ވަރަށް ކަންބޮޑުވާންވީ ކަމެއް ކަމުގައި ބުނެފައެވެ.

ޑރ. ކެލީ ބުނާގޮތުން 24 ގަޑި އިރަށް ހަށިގަނޑު ހޭނިފައިވާ ރިދަމް ޗޭންޖް ނުކުރެވޭނެ ކަމަށާއި ކޮންމެ ދުވަހަކު ވަކި ހާއްސަ ގަޑިއަކަށް ހޭލުމަކީ އިންސާނުންގެ ހަށިގަނޑަށް ކުރެވޭނެ ކަމެއް ނޫން ކަމުގައެވެ. އަދި ވަޒީފައަށް ނުވަތަ އެހެން ތަނަކަށް ދިއުމަށް ވެސް މީހާގެ ހަށިގަނޑު ގަދަކަމުން ހޭލެއްވުމަކީ ހަށިގަނޑަށް ދެވޭ ވަރަށް ބޮޑު އަނިޔާއެއް ކަމަށް އޭނާ ބުނެއެވެ.  

އޮކްސްފޯޑް ޔުނިވާސިޓީގެ ދިރާސާކުރާ މީހުން ބުނާ ގޮތުގައި ހެނދުނު 10 އެއްގެ ކުރިން މުވައްޒަފުން ވަޒީފާއަށް ނެރުމުން އެމީހުން ބަލިވެ ސްޓްރެސްވުމަށް މަގުފަހިވެއެވެ. އުމުރުން 55 އަހަރު ވަންދެން ހަށިގަނޑު 9:00 އިން 5:00 އަށް ނުހޭނެ ކަމަށާއި މީގެ ސަބަބުން މުވައްޒަފުންގެ މަސައްކަތުގެ ރޭޓް ދައްވެ މީހާގެ "ފިޒިކަލް، މެންޓަލް އަދި އިމޯޝަނަލް ހެލްތް" އަށް އަސަރު ކުރާނެކަމަށް އެމީހުން ބުނެ އެވެ. 

މީގެ އިތުރުން ޑރ. ކެލީ ވަނީ ހަމަ ނިދި ނުލިބުމުން އެންޒަޔަޓީ ފަދަ ކަންކަމާ ކުރިމަތިލާން ޖެހޭނެކަމަށް ވެސް ބުނެފައެވެ. އަދި އެލާމް އެތައްފަހަރެއްގެ މަތިން ނިންވުމަށް ފަހު ހޭލުމުން މީހާ ހުންނާނީ ދެބަނިދީގައި ކަމަށް ވެސް ޑރ. ކެލީ ބުންޏެވެ. އަދި މިގޮތަށްހުރެ މަސައްކަތަށް ނުކުތުމުން ރަނގަޅަށް މީހާ ހޭލާ މަސައްކަތްކުރަން ފަށަން ގާތްގަޑަކަށް ހަތަރު ގަޑިއިރު ނަގާނެކަމަށް ޑރ. ކެލީ އާއި އެކު މަސައްކަތްކުރާ ދިރާސާވެރިއެއް ކަމަށްވާ ސްޓުއާޓް މެކްފާލޭން ބުންޏެވެ.

ރަނގަޅަށް ނިދި ނުލިބޭނަމަ މީހާގެ ހަށިގަނޑުގެ ހުރިހާ ހިސާބަކަށް އޭގެ ނުރަގަނޅު އަސަރު ކުރާނެއެވެ. މީގެ ސަބަބުން މީހާގެ އިމިއުން ސިސްޓަމް ދަށަށްދިއުމާއި ހޯމޯންސްއަށް ބަދަލުއައުން އަދި ހަކުރުބަލީގެ އިތުރުން ޑިޕްރެޝަން ފަދަ ނަފްސާނީ ބަލިތަށް މީހާއަށް ޖެހުންވެސް އެކަށީގެންވެއެވެ.

ޑރ. ކެލީ ވަނީ އޭނާގެ ތިއަރީތައް އިނގިރޭސިވިލާތުގެ ގިނަ ސްކޫލްތަކެއްގައި ކުރިއަށް ގެންގޮސްފައެވެ. އަދި ހެނދުނު 8:00 ޖަހާއިރު ފަށާ ސްކޫލްތަކަށްވުރެ ހެދުނު 10:00 ޖަހާއިރު ފަށާ ސްކޫލްތަކުގެ ކުދިންގެ ކިޔެވުމާއި، މަސައްކަތުގެ ރޭޓްގެ އިތުރުން ކުދިންގެ ސިއްހަތުވެސް ރަނގަޅުކަން ވަނީ ފާހަގަ ކުރެވިފައެވެ.

21%
ކަމުގޮސްފި
40%
އަޑުއެހިތާ މިހުރީ
25%
ސަތޭކައަކުން ސުމެއް
15%
ވަރަށް ސަލާމް
ކޮމެންޓްސް