ads
ތިނަދޫ ކައުންސިލްގެ ރައީސް ޝިފާގު ހުސެއިން
އިމްރާނަށް ފިޔަވަޅު އަޅައި މަގާމުން ދުރުކުރަން ތިނަދޫ ކައުންސިލުން ގޮވާލައިފި
ހަދި މުޑުދާރު ފާހިޝް އަމަލުތައް ކުރުމުންވެސް އެކަންކަން ނުބަލައި ދޫކޮށްލާފައިވާ ކަމަށާއި، މިކަންކަމުގެ ޒިންމާ ނަގަން ހުރި ސަރުކާރުގެ ހޯމް މިނިސްޓަރު ޝެއިހް އިމްރާން އަބުދުﷲ އަށް ވަގުތުން ފިޔަވަޅު އަޅައި މަގާމުން ދުރުކޮށްދިނުމަށް ވ.ތިނަދޫ ކައުންސިލުން ގޮވާލައިފި އެވެ.
Advertisement

މިނިސްޓަރު އިމްރާން ކުރެއްވި ޓުވީޓެއްގައި ބުނެފައި ވަނީ "ދީނުގެ ހުދޫދުތައް ނެތިކޮށް ގައުމުގެ އިޖުތިމާއީ ފޭރާން ވީދައި ﷲގެ ކޯފާއަށް ގައުމު ހުށަހެޅޭފަދަ ހަޑިހުތު މުޑުދާރު ފާހިޝް އަމަލުތައް ލޯ މައްޗަށް ތަކުރާރުވާން ފެށީމާ ގާނޫނީ ހަމަތަކުގެ މަތިން އަޅަންވާ ފިޔަވަޅު އެޅުމަކީ ނުކޮށް ދީކޮށްލާނެ ކަމެއް ނޫން" ކަމަށެވެ. 

ތިނަދޫ ކައުންސިލްގެ ރައީސް ޝިފާގް ހުސެއިން ވިދާޅުވީ އިމްރާން ހުރީ އެކަންކަން ނުކޮށް ދޫކޮށްލާފައި ކަމަށެވެ. މިކަމުގައި އިތުރަށް ދަށްކާނެ ވާހަކައެއް ނެތް ކަމަށެވެ. ޝިފާގުގެ ވާހަކައިގައި ވިދާޅުވީ މިނިސްޓަރު އިމްރާން ފާހިޝް އަމަލުތަކަށް ހިތްވަރުދެނީ ކަމަށެވެ. 

"ސީއެންއެމް" އަށް މައުލޫމާތުދެއްވަމުން ސިފާގު މިއަދު ވިދާޅުވީ ރާޢްޖޭގައި އެއްޖިންސުން ގުޅުން ހިންގި ކަމަށް ބުނާ އެތައް ބަަޔަކު އެބަތި ކަމަށް ތުހުމަތު ކުރެވޭ ކަމަށާއި، ހޯމް މިނިސްޓްރީގެ ޒިންމާ އަދާނުކޮށް މިނިސްޓަރު އިމްރާން ގެންދަވަނީ މީސް މީޑިޔާގައި ދީނާއި ބެހޭ ގޮތުން ތަފާތު ރީތި ވާހަކަ ދައްކަވަމުން ކަމަށެވެ. 

your imageއަދާލަތު ޕާޓީގެ ރައީސް. ހޯމް މިނިސްޓަރު އިމްރާން އަބުދުﷲ

ޝިފާގު ވިދާޅުވީ މިފަދަ ކަންތައްތަކުން ލަދު ގަންނަންޖެހޭނީ ސަރުކާރާއި ރައްޔިތުން ކަމަށާއި، މިހާރުން މިހާރަށް މިނިސްޓަރު އިމްރާނަށް ވެސް ފިޔަވަޅު އަޅައި މަގާމުން ދުރުކުރަންޖެހޭ ކަމަށެވެ. އަދި ވިދާޅުވީ މިފަދަ އަމަލުތައް ކުރި މީހުން އިންސާފުގެ ކުރި މައްޗަށް ނުގެނެވުމުން ރައްޔިތުންނަށް މިކަމަކީ މިހާރު ރާއްޖޭގައި ހުއްދަ ކަމެއްކަމަށްވެސް ވިސްނޭ ދަރަޖައަށް ގޮސްފައިވާ ކަމަށެވެ. 

"އެއްޖިންސުން ގުޅުން ހިންގައި ގާނޫނު އަސާސީއާ ހިލާފު އިސްލާދީނާ ހިލާފު އެތައް އަމަލެއް އެކުރަނީ ގިނަ ބަޔަކުވެގެން. އިމްރާން މިބުނަނީ ދޫނުދެއްވާނަމޭ. މިހާރު އެތަށް ދުވަހެއް ވެގެން މިދަނީ އެއް ކަމެއްވެސް ނުވި. އިމްރާން މިހާރުން މިހާރަށް މަގާމުން ދުރުކުރަން ރައީސް އަށްވެސް ގޮވާލަން. ރާއްޖެ މިދަނީ ވަރަށް ގޯސްކޮށް." ޝިފާގު ވިދާޅުވި އެވެ.

ގިނަ ބަޔަކާއެކު އެއްޖިންސުން ގުޅުން ހިންގި ކަމުގެ ތުހުމަތަށް ހައްޔަރުކޮށްފައިވާ ބަނގުލަދޭޝްގެ ރައްޔިތެއް ކަމަށް އެމްޑީ އަލަމްގިރު ވަނީ ފުލުހުން ހައްޔަރުކޮށްފަ އެވެ. 

އަލަމްގިރު އާއެކު އެއްޖިންސުން ގުޅުން ހިންގި ކަމަށް ބުނެ މީސް މީޑިޔާގައި އަޑު ފެތުރިފައިވާ އެކަކުވެސް އަދި މިހާތަނަށް ހައްޔަރުކޮށްފައި ނުވެ އެވެ.  

your imageއަލަމްގިރު

އަލަމްގިރުގެ އެއްޖިންސުން ގުޅުން ހިންގި ކަމަށް ބުނެ މީސް މީޑިޔާގައި ދައުރުވަމުންދާ ވީޑިއޯތަކުގެ ލިސްޓުގައި ގާނޫނީ ވަކީލް ނާޒިމް ސައްތާރު އާއި، ނޮޅިވަރަމް ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ނަޝީދު (ކާނަލް) ހިމެނެ އެވެ. މި ކަންތައްތަކަށް ނާޒިމް އިންކާރު ކޮށްފައިވާއިރު ކާނަލް ބުނެފަިއވަނީ އޭނާ ދިޔައީ ބިޒްނަސް މީޓިން އަކަށް ކަމަށެވެ.  

your imageނާޒިމް ސައްތާރު..

ކާނަލް ނަޝީދުވެސް ބުނެފައި ވަނީ މިފަދަ އަމަލެއް އޭނާ އަލަމްގިރު އާއެކު ނުހިންގާ ކަމަށެވެ. 

your imageޑީއާރްޕީގެ ކުރީގެ ލީޑަރު މުހައްމަދު ނަޝީދު (ކާނަލް ނަޝީދު)

މީސް މީޑިޔާގައި މިފަދަ ވީޑިއޯތަކެއް ދައުރުވަމުން ދިޔައިރު ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސެއިން ޝަހީމް (އަނދުން ހުސެއިން) ގްރޫޕު ހަދައިގެން ޖިންސީ ގުޅުން ހިންގާ ފޮޓޯއެއް މީސްމީޑިއާގައި ދައުރުވަމުން ދާތީ އެކަންވެސް ފުލުހުން ދަނީ ބަލަމުންނެވެ. 

your imageއަނދުން ހުސެއިން ޖިންސީ ގުޅުން ހިންގާ ކަމަށް ބުނާ މައްސަލަ ބަލަނީ

އަނދުން ހުސެއިން އާއި ގުޅޭގޮތުން މީސް މީޑިޔާގައި ދައުރުވަމުން އަންނަ ފޮޓޯގައި ފެންނަނީ އޭނާ އާއެކު އިތުރު ފިރިހެނަކާއި އަންހެނަކު ބަރަހަނާ ވެގެން އެނދުގައި އޮށޯވެގެން ތިބޭ މަންޒަރެވެ.  

ދާދި ފަހަކުން ވަނީ ޓިކްޓޮކުގައި މަޝްހޫރު ތަރި މަރިޔަމް ޝިފާ އަންހެނަކާއެކު އެއްޖިންސުން ގުޅުން ހިންގާ މަންޒަރުތަކެއްގެ ވީޑިއޯ ތަކެއްވެސް މީސް މީޑިޔާގައި ދައުރުވާން ފަށާފަ އެވެ.  

your imageޝިފާ

ޖިންސީ މައްސަލަތައް ރާއްޖޭގައި މިފަކަށް އައިސް އިތުރު ވަމުން އަންނަ އިރު މިމަހުގެ ހަ ވަނަ ދުވަހު ވަނީ ހދ. ކުޅުދުއްފުށީގައި ސްކޫލުގެ ސީނިއާ ޓީޗަރަކު އެސްކޫލުގެ އަންހެން ދަރިވަރަކަށް ޖިންސީ ގޯނާ ކޮށްގެން އުޅޭ މައްސަލައެއް ފެންމަތިވެފަ އެވެ. 

އަދި މިދިޔަ ބުރާސްފަތި ދުވަހު ކ. ދިއްފުށީގައި 14 އަހަރުގެ ކުޑަކުއްޖަކާ ބެހިގެން ކަމަށް ބުނެ އެރަށުގެ ރައްޔިތުން ނިކުމެ އެކަން ކުރި މީހާ ބަރަހަނާކޮށް ވަރަށް ބޮޑަށް އަނިޔާކުރި މައްސަލަވެސް ވަނީ ފެންމަތި ވެފަ އެވެ. 

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް