ads
ރައީސް ކަމުގެ ހުވާ ރަނިލް ކުރައްވަނީ،
ލަންކާގެ ރައީސް ކަމުގެ ހުވާ ރަނިލް ކުރައްވައިފި
ސްރީ ލަންކާގެ ރައީސް ކަމުގެ ހުވާ ރަނިލް ވިކްރަމްސިންހަ މިއަދު ކުރައްވައިފި އެވެ.

ލަންކާގެ ގާނޫނު ހަދާ މަޖިލީހުން އިއްޔެ ނެގި ވޯޓުން ރައީސް ކަމަށް އިންތިހާބުވެވަޑައިގެންނެވި، ރަނިލް ރައީސް ކަމުގެ މަގާމުގެ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތު މިއަދު ބޭއްވީ، އެގައުމުގެ މަޖިލީހުގެ އިދާރާގަ އެވެ. ރަނިލް އަށް ރައީސް ކަމުގެ ހުވާލައިދެއްވީ، އެގައުމުގެ އުއްތަމަފަނޑިޔާރު، ޖަޔަންތާ އެވެ. 

އިއްޔެ އެގައުމުގައި ބޭއްވި އިންތިހާބުގައި ރަނިލް އަށް ވަނީ، 134 ވޯޓު ލިބިފަ އެވެ. މީގ އިތުރުން ދެން މި އިންތިހާބުގައި ވާދަ ކުރެއްވި، ދުލާސް އައްލަހަޕެރޫމާ އަށް 82 ވޯޓު ލިބިފައި ވާއިރު، އަނޫރާ ކުމާރާ ޑިސަނަޔަކަ އަށް ލިބިފައިވަނީ، އެންމެ ތިން ވޯޓެވެ. 

އިއްޔެއާއި ޖެހެންދެން ރަނިލް ހުންނެވީ، އެގައުމުގެ ރައީސް ކަމުގެ މަގާމާއި، ވަގުތީ ގޮތުން ހަވާލުވެވަޑައިގެންނެވެ. އެ މަގާމު ރަނިލް އަށް ދެއްވީ، އެގައުމުގެ ރައީސް ކަމުގެ މަގާމުން ގޮޓަބަޔަ ރާޖަޕަކްސަ އިސްތިއުފާ ދެއްވުމާއި، ގުޅިގެންނެވެ، އޭގެ ކުރިން ރަނިލް ހުންނެވީ، އެގައުމުގެ ބޮޑުވަޒީރު ކަމުގެ މަގާމުން، މަހިންދަ ރާޖަޕަކްސަ އިސްތިއުފާ ދެއްވުމުން އެގައުމުގެ ބޮޑުވަޒީރު ކަމުގެ މަގާމުގަ އެވެ. 

ރަނިލް ލަންކާގެ ރައީސް ކަމުގެ މަގާމުގެ ހުވާ މިއަދު ކުރެއްވި އިރު، އެގައުމުގައި މުޒާހަރާ ކުރަމުން އަންނަ ފަރާތްތަކުން ވަނީ، ރަނިލް އަކީ އެގައުމުގެ ރައީސް ކަމަށް ގަބޫލު ނުކުރާނެ ކަމަށް ބުނެފަ އެވެ. އަދި އެގައުމުގައި ކުރަމުން އަންނަ މުޒާހަރާތައް ހުއްޓާ ނުލާނެ ކަމަށްވެސް އެފަރާތްތަކުން ވަނީ ބުނެފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް