ads
މާލޭ ރަސްފަންނުގައި މޫދަށް އެރެން ހާއްސަ ސަރަހައްދު..
ރަސްފަންނުގެ ފެން ހުރީ ކަނޑާލާފަ، ބިލް ދެއްކޭނެ ގޮތެއް ކައުންސިލްގަ ނެތް: މުއިއްޒު
މާލޭ ދެކުނު ފަރާތް ރަސްފަންނު ގައި މޫދަށް އެރުމަށްފަހު ފެންވެރުމަށް ބަހައްޓާފައި ހުރި މާގަނޑު ތަކުން ފެން ކެނޑިފައިވާ ކަމަށާއި، އެތަނުގެ ފެން ކެނޑިފައިވަނީ ބިލް ދެއްކޭނެ ގޮތެއް ނެތިގެން ކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފި އެވެ.

މާލޭ ސިޓީ ކައުންސިލްގެ މޭޔަރު ޑރ.މުހައްމަދު މުއިއްޒުގެ އަށް އެޑްރެސްކޮށް މާލޭގެ ރައްޔިތުންނަށް ހާއްސަކޮށްފައިވާ "މޭޔަރު މުއިއްޒު" ވައިބާ ގުރޫޕުގައި އެތަނުގެ ފެން ކެނޑިފައިވާތީ އެކަމަށް ހައްލު ހޯދުމަށް މީހަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން މުއިއްޒު ވިދާޅުވީ ފެން ކެނޑިފައިވަނީ ބިލްތައް ދެއްކޭނެ ގޮތެއް ނެތުމުން ކަމަށެވެ. 

މުއިއްޒު ވިދާޅުވީ ރަސްފަންނަށް ދޫކޮށްފައި ފެނުގެ ރަޖިސްޓްރީ އޮންނަނީ ޕްލޭނިން މިނިސްޓްރީގެ ދަށުން ކަމަށެވެ. އެހެން ކަމުން ސިޓީ ކައުންސިލަށް އެތަނުގެ ފެން ބިލް ދެއްކޭނެ ގޮތެއް ނެތީ ކަމަށެވެ. 

މުއިއްޒު ވިދާޅުވީ މިކަމަކީ އިދާރީ ކަމެއް ކަމަށާއި، މިކަން ބަދަލުކޮށްދިނުމަށް ނުވަތަ މިކަންކަން ހައްލުކޮށްދިނުމަށް މިނިސްޓްރީގައި ވަރަށް ގިނަ ފަހަރު އެދިފައިވާނެ ކަމަށެވެ. އަދި މިކަމަށް މިނިސްޓްރީން އިޖާބަ ދީފައި ނުވާ ކަމަށެވެ. 

"މާގަނޑުގެ މީޓަރު ބިލް ނުދައްކާ އޮތުމުން ކަނޑާލާފަ ހުންނާނީ. މީޓަރު ހުންނާނީ ޕްލޭނިން މިނިސްޓްރީ ނަންމަތީގަ. މީ އިދާރީ ކަމެއް، ވަރަށް ގިނަ ފަހަރު އެދެވިއްޖެ މިކަންކަން ރަގަޅުކުރަން މިނިސްޓްރީގަ ވެސް. އަދި ހަމަ އެއްވެސް އަލި މަގެއް ނުދައްކާ." މުއިއްޒު ވިދާޅުވި އެވެ.

ރަސްފަންނަކީ ކުރީގެ ރައީސް ޔާމީނުގެ ސަރުކާރުން މާލޭގައި ދިރިއުޅޭ ފަރާތްތަކަށް ހާއްސަކޮށްގެން މުދާށް އެރުމަށާއި، ފިނިކޮށްލުމަށް ހަދާފައިވާ ހިތްފަސޭހަ ސަރަހައްދެކެވެ. 

0%
ކަމުގޮސްފި
25%
އަޑުއެހިތާ މިހުރީ
25%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް