އެފްއޭއެމުން ބުނި ގޮތުގައި، އިންތިޚާބުގައި ވާދަކުރުމުގެ ސުންގަޑި ހަމަވިއިރު، ރައީސްކަމަށް ކުރިމަތިލައްވާފައި ވަނީ ބައްސާމް އެކަންޏެވެ. އެފްއޭއެމުން ނިންމާފައި ވަނީ އަންނަ މަހުގެ ވިހިވަނަ ދުވަހު އިންތިޚާބު ބޭއްވުމަށެވެ.
ބައްސާމް ކުރިމަތިލައްވާފައި ވަނީ ފުރަތަމަ ޑިވިޝަންގެ ހަ ކްލަބަކާއި ދެވަނަ ޑިވިޝަންގެ ދެ ކްލަބުގެ އެންޑޯސްމަންޓާއި އެކު ކަމަށް ވެސް އެފްއޭއެމުން ބުންޏެވެ.
ބައްސާމުގެ ކެންޑިޑޭސީ، ޝަރުތުތައް ހަމަވާ ކަމަށް ވެސް އެފްއޭއެމުން ބުންޏެވެ. ބައްސާމަށް ތާއީދުކޮށްފައި ވަނީ މާޒިޔާ، ޓީސީ، ދަ ގްރާންޑޭ، ޔޫވީ، ގްރީން ސްޓްރީޓް އަދި އީގަލްސް، ވެލެންސިއާ ޕީކޭ އަދި ޖޭޖޭ އިންނެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;